ވެރިކަން ހަލާކު ކުރަނީ ޕީޕީއެމް މަޖިލިސް މެމްބަރުން: ޑރ ޖަމީލް

ރައްޔިތުން ގެނައި ވެރިކަމެއް ހަލާކު ކުރުމުގައި ޕީޕީއެމް މަޖިލިސް މެމްބަރުންނާއި ފަޔާޒު އަދާ ކުރި ކަމަށް ކުރީގެ ނައިބު ރައީސް އަދި މިހާރު އިނގިރޭސި ވިލާތުގައި ހުންނެވި ޑރ. މުހައްމަދު ޖަމީލު އަހުމަދު ވި...

17 Oct 2015 | 13:45

ރައްޔިތުން ގެނައި ވެރިކަމެއް ހަލާކު ކުރުމުގައި ޕީޕީއެމް މަޖިލިސް މެމްބަރުންނާއި ފަޔާޒު އަދާ ކުރި ކަމަށް ކުރީގެ ނައިބު ރައީސް އަދި މިހާރު އިނގިރޭސި ވިލާތުގައި ހުންނެވި ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެ އެވެ.

ޑރ. ޖަމީލު މިހެން ވިދާޅުވީ ސިފައިންގޭ ބަޑިގުދަނުގެ ކުރީގެ ވެރިޔާ ފަޔާޒު (ޕާޕާ) ކަޅުތުއްކަލާ ކޮށީގައި ބަންދުކުރި ވާހަކަ މީޑިއާތަކުން ހާމަކުރިތާ ކުޑައިރުކޮޅެއްގެ ތެރޭގައި ކުރެއްވި ޓްވީޓް ބަރިއެއްގަ އެވެ.

ޓްވީޓްތަކުގެ ތެރެއިން އެއް ޓްވީޓްގައި ވިދާޅުވެފައި ވަނީ ދަހިވެތިކަމުގައި ޖެހިގެން ލިބެމުން އައި މާލީ މަންފާއަށްޓަކައި ރައީސް ޔާމީން އެ ދަލުގައިޖެހި މުޅިވެރިކަން ހަލާކު ކޮށްލީ ކަމަށެވެ. އެހެން ޓްވީޓެއްގައި ބުނެފައިވަނީ 2013 ގައި ކާމިޔާބަށްފަހު ރައީސް ޔާމީން މުޅި މިސްރާބު ބަދަލުކުރީ ހުރިހާ ބާރެއް މުށުތެރެއަށް ލުމަށާއި ޕޮލިޓިކަލް ލީޑަރުން ފޮހެލުމަށް ކަމަށެވެ.

"ޕްރޮސެކިއުޓާ ޖެނެރަލް، ކޯޓުތައް އަދި މިނިވަން މުއައްސަސާތަކާއި މީޑިއާ މެނިޕިއުލޭޓްކޮށް މަޖިލިސް މެދުވެރިކޮށް ރިޔާސީ ނިޒާމުގެ ސިފަތައް އުވާލި" ޑރ. ޖަމީލުގެ ޓްވީޓް ބަރިން ޓްވީޓެއްގައި ވެ އެވެ.

ޓްވީޓްބަރި ނިންމަވާލައްވަމުން ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވަނީ މިއަދު މުޅި ދިވެހި ޖައްވު މިވަނީ ބަނަވެފައި، މާޔޫސްވެފައި ކަމަށެވެ. އަދި ޒިންމާ ނަންގަވަން ޖެހޭނޭ ހަމައެކަނި ރައީސް ޔާމީން ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް