ބަޑި ގުދަނުގެ ކުރީގެ ވެރިޔާ ފަޔާޒު އާއި ނައިބުރައީސްގެ ކުރީގެ ބޮޑީގާޑު އާމިރު ކޭކޭގައި ބަންދުކޮށްފި

އެމްއެންޑީއެފް ބަޑިގުދަނުގެ ކޮމާންޑިން އޮފިސާގެ މަގާމުގައި ހުންނަވަނިކޮށް މާލޭ އޭރިއާގެ ކޮމާންޑަރަކަށް ބަދަލު ކުރި ކާނަލް އަހުމަދު ފަޔާޒު (ޕާޕާ) އާއި ނައިބުރައީސް އަހުމަދު އަދީބުގެ ހަށިފާރަވެރިޔާގެ މަ...

17 Oct 2015 | 12:24

އެމްއެންޑީއެފް ބަޑިގުދަނުގެ ކޮމާންޑިން އޮފިސާގެ މަގާމުގައި ހުންނަވަނިކޮށް މާލޭ އޭރިއާގެ ކޮމާންޑަރަކަށް ބަދަލު ކުރި ކާނަލް އަހުމަދު ފަޔާޒު (ޕާޕާ) އާއި ނައިބުރައީސް އަހުމަދު އަދީބުގެ ހަށިފާރަވެރިޔާގެ މަގާމުގައި ކުރިން ހުރި އާމިރު ކަޅުތުއްކަލާ ކޮށި (ކޭކޭ)ގައި ބަންދުކޮށްފި އެވެ.

ފަޔާޒާއި އާމިރު ކޭކޭގައި ބަންދުކޮށްފައިވާއިރު ބަންދުގެ ކަންތައްތައް ބަލަހައްޓަނީ މިލިޓަރީ ޕޮލިހުން ކަމަށްވެސް މައުލޫމާތު ލިބެ އެވެ.

ކޭކޭގައި ޕާޕާ ބަންދުކޮށްފައިވާއިރު ރިޔާސީ ލޯންޗުކޮޅުގައި ހިނގި ހާދިސާއާއި ގުޅިގެން އޭނާ ވަނީ މާލޭ އޭރިއާގެ ކޮމާންޑަރުގެ މަގާމަށް ބަދަލުކޮށްފަ އެވެ.

ކޭކޭގައި އާމިރު ބަންދުކޮށްފައިވާ އިރު، އޭނާ ވަނީ ސިފައިންގެ ހުރިހާ މަސައްކަތަކުން ދުރުކޮށްފަ އެވެ. ނައިބު ރައީސްގެ ހަށިފާރަވެރިއެއްގެ ގޮތުގައި ހުރި އާމިރާ ސިފައިންގެ މަސައްކަތުން ދުރުކުރީ މި މަހުގެ ފަސް ވަނަ ދުވަހު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް