ކްރިމިނަލް ކޯޓަށް ހުށަހެޅިފައިވާ މައްސަލައަކާއި ގުޅިގެން ކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރުކުރެވިފައިނުވާ މީހަކު ފުލުހުންގެ ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް އަމުރު ކުރުމާއި ގުޅިގެން އެމީހާ ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފި އެވެ.
ފުލުހުންގެ މައްޗަށް ކޮށްފައިވާ މި އަމުރާއި ގުޅިގެން ހޯދަމުންދަނީ މަތީގައިވާ ފޮޓޯއިން ފެންނަ، ގއ. ކޮނޑޭ، ގްރީން ލައިފް މުޙައްމަދު ޞާދިޤް (36އ) އެވެ.
"މުޙައްމަދު ޞާދިޤް ހޯދަމުންދަނީ ކްރިމިނަލް ކޯޓަށް ހުށަހެޅިފައިވާ ވައްކަންކުރުމުގެ މައްސަލައަކާއި ގުޅިގެން ކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރުކުރެވިފައިނުވާތީ ” ކޯޓަށް މީހުން ހާޒިރުކުރުމުގައި ޢަމަލުކުރާނެގޮތުގެ ޤަވާއިދު” ގެ 5 ވަނަ މާއްދާގެ (ރ) އާއި ހަވާލާދީ އެޤަވާއިދުގެ 17 ވަނަ މާއްދާގެ (ށ) ގެ 2 ނަންބަރުގެ ދަށުން ބަންދުގައިގ ބަހައްޓައިގެން މި އޮކްޓޯބަރު މަހުގެ 18 ވަނަ ދުވަހުގެ 13:00 އަށް ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް އަމުރުކުރުމާއި ގުޅިގެން" ފުލުހުން ހާމަކުރެ އެވެ.
މުޙައްމަދު ޞާދިޤް އާއި ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ އެމަޢުލޫމާތެއް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ހޮޓްލައިން ނަމްބަރު 3322111 އަށް ނުވަތަ ޕޮލިސް ކަސްޓޯޑިއަލް ޑިޕާޓްމަންޓްގެ ނަމްބަރު 9991442 އަށް ގުޅުއްވައި ހިއްސާކުރެއްވުން ފުލުހުން އެދެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް