ރައީސް އޮފީހުގެ ކޯޑިނޭޓަރު މަގާމުން ލީޒާ އިސްތިއުފާ ދީފި

ރައީސް އޮފީހުގެ ކޯޑިނޭޓަރު މަގާމުން އައިޝަތު ލީޒާ އިސްތިއުފާ ދީފި އެވެ. އިސްތިއުފާ ދީފައިވާކަމަށް ލީޒާގެ ޓްވިޓާ އެކައުންޓްގައި ބުނެފައި ވެ އެވެ. https://twitter.com/lizalaurella/status/655272614978424...

17 Oct 2015 | 06:59

ރައީސް އޮފީހުގެ ކޯޑިނޭޓަރު މަގާމުން އައިޝަތު ލީޒާ އިސްތިއުފާ ދީފި އެވެ.

އިސްތިއުފާ ދީފައިވާކަމަށް ލީޒާގެ ޓްވިޓާ އެކައުންޓްގައި ބުނެފައި ވެ އެވެ.

https://twitter.com/lizalaurella/status/655272614978424833

ބައެއް މީޑިއާތަކަށް މައުލޫމާތު ދެމުން ލީޒާ ބުނެފައިވަނީ މި މަހު 25 އިން ފެށިގެން ރައީސް އޮފީހުން ވަކިވުމަށް އޭނާ އެދިވަޑައިގެންފައި ވަނިކޮށް، މާދަމާ އިން ފެށިގެން އޮފީހަށް ނުނިކުމެވޭނެ ކަމަށް ރައީސް އޮފީހުން އަންގާފައިވާ ކަމަށެވެ. އެހެންކަމުން މަގާމުން އިސްތިއުފާދީފައިވާ ކަމަށް ލީޒާ ބުނެފައި ވެ އެވެ.

https://twitter.com/lizalaurella/status/655276117008388097

ރައީސް އޮފީހުން ވަކިވާން ބޭނުންވި ސަބަބެއް ކަމަށް ލީޒާ ބުނެފައިވަނީ ރާއްޖެ އިން ބޭރަށް ތިން މަހުގެ ކޯހެއް ފުރިހަމަ ކުރުމަށް ދާތީ ކަމަށެވެ.

ޓީވީއެމްގައި ނޫސްވެރިއެއްގެ ގޮތުން ގިނަ ދުވަހު މަސައްކަތް ކޮށްފައިވާ ލީޒާ ވަނީ ވެރިކަން ކުރާ ޕީޕީއެމްގެ ޓިކެޓްގައި ރައްޔިތުންގެ މަޖިލީހަށް ވާދަކުރައްވައިފަ އެވެ. ނަމަވެސް އެ އިންތިހާބު ލީޒާއަށް ކާމިޔާބު ވެފައެއް ނުވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް