ފަލަސްތީނާއި އިޒްރޭލާއި ދެމެދު ހިނގަމުން އަންނަ ކުރިމަތިލުންތަކާއި މެދު ދެގައުމުންވެސް ވިސްނައި ދެގައުމުގެ ދެމެދުގައި ސުލްހަ ގާއިމް ކުރުމަށް އިރާގުގެ ރައީސް މަހްމޫދު އައްބާސް އަށާއި އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަށް އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް ޖޯން ކެރީ ގޮވާލައްވައިފި އެވެ.
ކެރީ މިކަމަށް ގޮވާލައްވާފައިމިވަނީ އެ ދެ ގައުމުގެ މަސްރަހު ހޫނުވެ ދެގައުމުގެ ދެމެދުގައި އަނެއްކާވެސް ހަނގުރާމައެއް ފެށިދާނެ ކަމުގެ ބިރު ހީވާކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ހާމަކޮށްފައި ވަނިކޮށެވެ.
އެ ދެ ގައުމުގެ ދެމެދުގައި ސުލްހަ ގާއިމް ކުރުމާމެދު އިޒްރޭލާއެކު އަންނަ ހުކުރު ދުވަހު ބައްދަލު ކުރައްވަން ކެރީ ތައްޔާރު ވަމުން އަންނަކަމަށް ބައެއް މީޑިއާ ރިޕޯޓްތައް ބުނެ އެވެ. އެހެން ނަމަވެސް އެމެރިކާއިން އަދި މިކަން ކަށަވަރުކޮށްދީފައެއް ނުވެ އެވެ. މީޑިއާ ރިޕޯޓްތައް ބުނާގޮތުން ކުރިއަށް އޮތް ހަފްތާއެއްހާ ދުވަސްތެރޭގައި ކެރީ، ފަލަސްތީނާއި އިޒްރޭލުގެ އިސްވެރިންނާއި ބައްދަލުކޮށް މަޝްވަރާ ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.
އިޒްރޭލާއި ފަލަސްތީނާއި ދެމެދު ސުލްހަ ގާއިމް ކުރަން އެމެރިކާ ފޫގަޅާފައިވާއިރު ފަލަސްތީނު ރައްޔިތުންނަށް ގުދުސް އަށް ނުވަދެވޭނެކަން އިޒްރޭލުން އިއުލާނު ކުރުމާއި ހިނގަމުން އަންނަ ހަމަނުޖެހުންތަކުގައި މިހާތަނަށް ފަލަސްތީނުގެ 37 މީހަކު ޝަހީދުވެފައި ވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް