ކުރިއަށް އޮތް20 އަަހަރު ދުވަހުގެ ރާއްޖޭގެ ގައުމީ ތަރައްގީގެ ޕްލޭން ހެދުމުގެ މަސައްކަތް ކުރުމަށް އިއްޔެ ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ މުއިއްޒު ނިންމަވައިފިއެވެ.
މި ޕްލޭން ކުރިއަށް އޮތް އެއް އަހަރުގެ ތެރޭގައި އެކުލަވާލަން ނިންމަވާފައިވާއިރު މި ޕްލޭން ހަދާނީ ރައްޔިތުންގެ ބައިވެރިވުމާ، ކަމާގުޅޭ ހުރިހާ ފަރާތްތަކުގެ މަޝްވަރާއާއެކު ރައްޔިތުން އެދޭގޮތަށް ކަމަށާއި އަދި މި ޕްލޭނަށް ޤާނޫނީ ބާރުވެރިކަން ވެސް ލިބޭގޮތަށްކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ.
މި ނިންމުމަކީ ކެންޕެއިން ތެރޭގައި ރައީސްގެ މެނިފެސްޓޯގައި ހިމަނާފައިވާ ތަރއްގީގެ ވައުދެއް ކަމަށް ރައީސް ވިދާޅުވެފައިވެއެވެ.
މި ޕްލޭންއަކީ ރައީސްގެ ވައުދުފުޅާއި އެއްގޮތަށް އެ ޕްލޭންއަށް ޤާނޫނީ ބާރުވެރުކަން، ޤާނޫނީ ހިމާޔަތެރިކަން ލިބިގެންދާ ޕްލޭނަކަށް ހެދުމަށްޓަކައި، ޤާނޫނު އަސާސީއާއި، ޤާނޫނަށް ވަކިން ޙާއްސަކޮށް މިކަމަށް ހަދާ ޤާނޫނަކާއެކީ ހެދިގެންދާނެ ޕްލޭންއެއް ކަމަށް ވެގެންދާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
މި ޕްލޭންގެ މަޤްސަދަކީ ރައްުޔިތުންގެ ޚިޔާލާއި މަޝްވަރާއާއި އެއްކޮށް ރައްޔިތުން ބޭނުންވާ ގޮތަށް ރާއްޖޭގެ ތަސައްވަރު ކުރިއަށް އޮތް20 އަހަރު ދުވަހަށް ކަނޑައެޅިގެންދާ ދިޔުމަކީ ރައްޔިތުންނަށް އެކަމުގެ ޔަޤީންކަން އޮންން ކަމަށް ހެދުން ކަމަށް ރައީސް ވިދާޅުވިއެވެ.
ކުރިއަށްއޮތް ތަނުގައި މިކަމާއި ގުޅިގެން ހުރިހާ ރަށެއްގައި މަޝްވަރާތައް ހިނގާނެކަމަށާއި އަދި ހުރިހާ އެކި އެކި ޖަމިއްޔާތަކާއި، ހުރިހާ ޖަމާއަތްތަކާއި، ކުޅިވަރު ކުޅޭ ފަރާތްތަކާއި އެކި އެކި ސިޔާސީ ޕާޓީތަކާއި، އަދި ސިޔާސީ ޕާޓީއަކަށް ނިސްބަތް ނުވި ނަމަވެސް ޤައުުގައި ތިބި ކަމުއޮށިގެންވާ އެކިއެކި ފަރާތްތަކާއި ހުރިހާ ފަރާތްތައް ޝާމިލްވާހެން އޮގަނައިޒްޑް ގޮތެއްގައި ވަރަށް ތަފްސީލީ ގޮތެއްގައި މަޝްވަރާކުރާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
އަދި މަޝްވަރާކޮށްގެން ރައްޔިތުން ބޭނުންވާ ގޮތަށް ޤައުމުގެ ތަރއްގީ ބައްޓަންކުރައްވާނެ ކަމަަށް ވެސް ރައީސް ވިދާޅުވިެއެވެ.
އަދި މީގެއިތުރުން ރައީސުލްޖުމްހޫރިއްޔާ ގައުމު ގެންދަވާނެ ގޮތާއި، ކުރިއަށް އޮތް ވިހި އަހަރު ދުވަހަށް ޤައުމު އޮންނަން ބޭނުންވާގޮތް ރައީސް ވާނީ ކެމްޕެއިން ތެރޭގައި ހިއްސާކޮށްފައި ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މިކަންކަން ހާސިލްކުރުމަށް ރައީސް ބޭނުންފުޅު ވަނ ީ ރައްޔިތުން ބޭނުންވާ ގޮތަށް ކަމަށްވެސް ރައީސް ވިދާޅުވެފައިވެއެވެ.
އަދި މި މަސައްކަތްތަކުގައި ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ލިބިގެންދާނެ ޖކަމަށް އުންމީދުކުރައްވާކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް