އިންޑިއާގެ ނިއު ދިއްލީގެ އާ ޗީފް މިނިސްޓަރަކީ އާތިޝީ މަލޭނާކަމުގައި އާމް އާދްމީ ޕާޓީން އިއުލާނުކޮށްފިއެވެ.
އާމް އާދްމީ ޕާޓީން މިކަން އިއުލާނުކޮށްފައިމިވަނީ ނިއު ދިއްލީގެ ޗީފް މިނިސްޓަރުކަމުގެ މަގާމުގައި މިހާރު ހުންނެވި އަރްވިންދު ކޭޖްރިވާލް މިއަދު މަގާމުން އިސްތިއުފާ ދެއްވާނެކަން ކުރިން ހާމަކޮށްފައިވަނިކޮށެވެ.
އުމުރުން 43 އަހަރުގެ އާތިޝީއަކީ އާމް އާދްމީ ޕާޓީގައި ޒަމާންވީ ޕޮލިޓީޝަނެކެވެ. އަދި އެޑިއުކޭޝަނާއި ފައިނޭންސް ދާއިރާއިން ތަޖުރިބާކާރެކެވެ.
ކޭޖްރިވާލް އިސްތިއުފާ ދެއްވާނެކަން އިއުލާނުކުރެއްވީ އާދީއްތަ ދުވަހު އޭނާ ޖަލުން މިނިވަންކުރުމާއި ހަމައިންނެވެ. ކޭޖްރިވާލް ޖަލަށް ލާފައިހުރީ ކޮރަޕްޝަނުގެ ތުހުމަތުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް