އެޕަލްގެ ފޭނުންނާ އެންޑްރޮއިޑް ފޭނުން އަބަދުވެސް އެއް ފޯނަށް ވުރެން އަނެއް ފޯނުގެ މޮޅު ވާހަކަތައް ދައްކައެވެ.
އެޕަލްގެ ފޭނުންނަށް އެޕަލްގެ އުފެއްދުން، އައިފޯނުގެ ކެމެރާގެ މޮޅުކަމުގެ ވާހަކަތައް ދައްކާއިރު އެންޑްރޮއިޑް ފޭނުން ދައްކަނީ ސަމްސަންގް ފޯނުގެ މޮޅު ވާހަކަތަކެވެ.
އެގޮތުން މަޝްހޫރު ދީނީ އިލްމުވެރިޔާ މުފްތީ މެންކުވެސް މިކަމުގައި ޝާމިލްވެއްޖެއެވެ.
ރޭ މުފްތީ މެންކު ސޯސަލް މީޑިއާގައި ހިއްސާކޮށްލީ ސެމްސަން ފޯނަކުން ހަނދުގެ ފޮޓޯ ނަގާ މަންޒަރު އައިފޯނަކުން ނަގާފައިވާ ފޮޓޯއެކެވެ. ދެ ކެމެރާގެ ފަރަގު ފާހަގަކޮށް މުފްތީ ވިދާޅުވީ ސެމްސަންގު މާ ރަގަނޅު ކަމަށެވެ.
އެ ޕޯސްޓުގެ ކޮމެންޓު ސެކްޝަން އުތުރި އަރާފައިވަނީ ފޭނުންގެ ޝުއޫރުތަކުންނެވެ.
ދާދި ފަހުން އެޕަލްގެ ޕްރޮޑަކްޓެއް ކަމަށްވާ އައިފޯނު16 މިވަނީ ނެރެފައެވެ. އައިފޯނު16 ފެނުމާއި އެކުވެސް އެންޑްރޮއިޑް ފޭނުން ބުނަނީ އެއީވެސް ސެމްސަންގު ގެ ކޮޕީއެއް ކަމަށެެވެ.
އައިފޯނުގެ އައު ފޯނުގައި އެންމެ ފާހަގަކޮށްލެވޭ ބަދަލުތަކުގެ ތެރޭގައި ކެމެރޭ އަދި ޕްރޮސެސަރގެ ފެންވަރު މަތިކުރުން ހިމެނޭ ކަމަށް ވަނީ ބެލެވިއެވެ. އަދި ޕްރޯ މޮޑެލްތަކުގައި ޓައިޓޭނިއަމް ފްރޭމެއް ބޭނުން ކުރެވޭނެ ކަމަށްވެސް ލަފާކުރެވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް