ސިންވާގެ ސިޓީއެއް ވާގިވެރިންނަށް: ގުޅިގެން މަސައްކަތްކޮށްފިނަމަ ޢަދުއްވުން ބަލިކުރެވޭނެ

ގުޅިގެން މަސައްކަތްކޮށްފިނަމަ ޢަދުއްވުން ބަލިކުރެވޭނެކަމަށްބުނެ ހަމާސްގެ އާ ލީޑަރު، ޔަހްޔާ ސިންވާ ޔަމަނުގެ ހޫޠީންނަށް ފޮނުވި އެ ސިޓީގައި ބުނެފައިވަނީ އީރާނު ހިމެނޭހެން ގުޅިފައިވާ ވާގިވެރިންކަމުގައިވާ ...

17 Sep 2024 | 06:32

ގުޅިގެން މަސައްކަތްކޮށްފިނަމަ ޢަދުއްވުން ބަލިކުރެވޭނެކަމަށްބުނެ ހަމާސްގެ އާ ލީޑަރު، ޔަހްޔާ ސިންވާ ޔަމަނުގެ ހޫޠީންނަށް ފޮނުވި އެ ސިޓީގައި ބުނެފައިވަނީ އީރާނު ހިމެނޭހެން ގުޅިފައިވާ ވާގިވެރިންކަމުގައިވާ ލުބުނާނާއި އިރާޤު ގުޅިގެން މަސައްކަތްކޮށްފިނަމަ ޢަދުއްވުންގެ ސިޔާސީ ރޭވުންތައް ބަލިކަށިކުރެވިދާނެކަމަށެވެ.

ސިންވާ ބުނެފައިވަނީ ހަނގުރާމަ އިތުރަށް ދިގުލައިގެން ދިޔަނަމަވެސް ހަނގުރާމައިގާ ވަރުގަދަ ރައްދެއް ދެވޭވަރުގެ ޤާބިލިއްޔަތުކަން އަދިވެސް ހަމާސްގެ ކިބައިގާ އެބަހުރި ކަމަށެވެ. އެގޮތުން ހަމާސް އަށް އާ ފައުޖުތައް ރެކްރޫޓް ކުރުމުގެ މަސައްކަތްވެސް ކުރިއަށްދާކަމުގައި ސިންވާ ބުނެފައިވެއެވެ.

ސިންވާގެ މި ސިޓީ ވާގިވެރިންނަށް ފޮނުވާފައިމިވަނީ ލުބުނާނާއި ވީ ފަޅިން އިސްރާއީލަށް ދެމުން އަންނަ ހަމަލާތައް ވަރުގަދަވެފައިވާ ދަނޑިވަޅެއްގައެވެ. އަދި އިސްރާއީލުގެ ފައުޖުތަކުން ލުބުނާނަށްވެސް އެ ފައުޖުތަކުން ބައެއް ހާއްސަ ކުރެވި ލުބުނާނަށްވެސް ހަމަލާތަކެއް ދެވެމުން އަންނަ ދަނޑިވަޅެއްގައެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހުން ފެށިގެން އިސްރާއީލުން ޣައްޒާއަށް ދެމުން އަންނަ ހަމަލާތަކުގައި މިހާތަނަށް 41،226 މީހަކު ވަނީ ޝަހީދުކޮށްލާފައެވެ. ހަމަލާތަކުގައި ޒަޚަމްވެފައިވާ މީހުންގެ އަދަދު ވަނީ 95،413 އަށް އަރާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް