އިމިގްރޭޝަންގެ އޮފިޝަރުންގެ ނަމުގައި ބިދޭސީއެއްގެ އަތުން ފޭރުނު ބައެއްގެ ތެރެއިން އެކަކު ހައްޔަރު

އިމިގްރޭޝަންގެ އޮފިޝަރުންގެ ނަމުގައި ބިދޭސީއެއްގެ އަތުން ފޭރުނު މައްސަލައެއްގައި ތިން މީހެއްގެ ތެރެއިން އެކަކު ހައްޔަރުކޮށްފިއެވެ. ފުލުހުން މިއަދު ބުނެފައިވަނީ ބިދޭސީން ދިރިއުޅޭ ތަނަކަށް އިމިގްރޭޝަންގ...

17 Sep 2024 | 06:28

އިމިގްރޭޝަންގެ އޮފިޝަރުންގެ ނަމުގައި ބިދޭސީއެއްގެ އަތުން ފޭރުނު މައްސަލައެއްގައި ތިން މީހެއްގެ ތެރެއިން އެކަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން މިއަދު ބުނެފައިވަނީ ބިދޭސީން ދިރިއުޅޭ ތަނަކަށް އިމިގްރޭޝަންގެ އޮފިޝަރުންގެ ނަމުގައި ވަދެ ތިން މީހަކު ބަންގްލަދޭޝްގެ މީހެއްގެ އަތުން ފޯނަކާއި ނުވަ ހާސް ރުފިޔާ ފޭރުނު މައްސަލައެއް އިއްޔެ ރިޕޯޓްކޮށްފައިވާކަމަށެވެ.

އެ މައްސަލައާއި ގުޅިގެން ކޯޓު އަމުރެއްގެ ދަށުން މާލެ، ގ. ބެރުގެ، އުމުރުން 44 އަހަރުގެ މުހައްމަދު ނަވީން ހައްޔަރުކޮށްފައިވާކަމަށެވެ. މައްސަލައިގާ ހިމެނޭ އަނެއް ދެމީހުން ހައްޔަރުކުރި ކަމަށް ފުލުހުން އަދި ބުނެފައެއް ނުވެއެވެ. އެހެންނަމަވެސް މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް