މިސް ހޮންގކޮންގ 2024ގެ މަގާމު އިލީން ޏައި ކާމިޔާބުކޮށްފިއެވެ.
އިއްޔެ ބޭއްވި މިސް ހޮންގކޮންގ 2024ގެ ފައިނަލް ބުރުގައި އިލީން އެ މަގާމު ކާމިޔާބުކުރީ އެމިލީ ލިޔު، އާމިނާ ޔިއު އަދި ކްލޭރީ ވޫ އާއި ވާދަކޮށްގެންނެވެ.
އުމުރުން އެންމެ 23 އަހަރުގެ އިލީން މިސް ހޮންގކޮންގ 2024 ކާމިޔާބުކޮށްފައިވާއިރު އިލީން މަޝްހޫރުވެގެން ގޮސްފައިވަނީ 1988ގެ މިސް ހޮންގކޮންގ މިޝޭލް ރެއިސް އާއި ވައްތަރުކަމަށްބުނެއެވެ.
މިސް ހޮންގކޮންގ ރީތީގެ ރާނީ ހޮވުމުގެ މުބާރާތަކީ 1973 ވަނަ އަހަރުން ފެށިގެން ހޮންގކޮންގ ގެ ލޯކަލް ޓީވީ ސްޓޭޝަނެއްކަމުގައިވާ ޓީވީބީއިން ކޮންމެ އަހަރަކު ކުރިއަށްގެންދާ މުބާރާތެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް