އެމެރިކާއާއި ޗައިނާގެ އިސްވެރިންގެ މެދުގައި ބިނާކުރަނިވި މަޝްވަރާތަކެއް!

ދުނިޔޭގެ އެންމެ ބޮޑު ދެ އިގްތިސާދުގެ މެދުގައި އުފެދިފައިވާ ނުތަނަވަސްކަން ދެމެހެއްޓުމަށް މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައި ވައިޓް ހައުސްގެ ގައުމީ ސަލާމަތާ ބެހޭ އެޑްވައިޒަރު ޖޭކް ސުލިވަން ޗައިނާގެ ...

17 Sep 2023 | 17:33

ދުނިޔޭގެ އެންމެ ބޮޑު ދެ އިގްތިސާދުގެ މެދުގައި އުފެދިފައިވާ ނުތަނަވަސްކަން ދެމެހެއްޓުމަށް މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައި ވައިޓް ހައުސްގެ ގައުމީ ސަލާމަތާ ބެހޭ އެޑްވައިޒަރު ޖޭކް ސުލިވަން ޗައިނާގެ ޚާރިޖީ ވަޒީރު ވަންގް ޔީއާ މި ހަފުތާ ބަންދުގައި މޯލްޓާގައި ބައްދަލުކުރައްވާފައިވާ ކަމަށް ބެއިޖިން އާއި ވޮޝިންޓަނުން ބުނެފި އެވެ.

ސެޕްޓެމްބަރު މަހުގެ 16 އިން 17 އަށް ބޭއްވި ގިނަ ބައްދަލުވުންތަކުގައި ދެ ފަރާތުން ވެސް ވަނީ "ސާފު، ހަރުދަނާ އަދި ބިނާކުރަނިވި" މަޝްވަރާތަކެއް ކުރިއަށް ގެންގޮސްފައި ކަމަށް ވައިޓް ހައުސް އާއި ޗައިނާގެ ޚާރިޖީ ވުޒާރާއިން އާދީއްތަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

ސުލިވާން ވަންގްއާ އެކު ބޭއްވެވި ބައްދަލުވުމަކީ މި އަހަރުގެ ފަހުކޮޅު އެމެރިކާގެ ރައީސް ޖޯ ބައިޑަން އާއި ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ބައްދަލުވުމެއް ބޭއްވުމަށް ބިންގާ އެޅިދާނެ ގޮތަށް އެމެރިކާ އާއި ޗައިނާގެ އޮފިޝަލުންގެ މެދުގައި ކުރިއަށް ގެންދިޔަ މަތީ ފެންވަރުގެ މަޝްވަރާތަކުގެ ތެރެއިން އެންމެ ފަހުގެ ބައްދަލުވުމެވެ.

ސުލިވާން އެންމެ ފަހުން ވަންގްއާ ބައްދަލުކުރީ މިދިޔަ މެއި މަހު ވިއެނާގަ އެވެ.

ޗައިނާގެ ޚާރިޖީ ވުޒާރާއިން ބުނީ އޭޝިއާ ޕެސިފިކްގެ ކަންކަމާއި މެރިޓައިމް އެފެއާޒް އަދި ޚާރިޖީ ސިޔާސަތާ ގުޅޭ ގޮތުން މަތީ ފަންތީގެ އެކްސްޗޭންޖްތައް ދެމެހެއްޓުމަށާއި ބައިލެޓަރަލް ކޮންސަލްޓޭޝަންތައް ބޭއްވުމަށް ދެ ފަރާތުން އެއްބަސްވެފައިވާ ކަމަށެވެ.

ވައިޓް ހައުސްއިން އިތުރަށް ބުނީ މުވާސަލާތީ މި ސްޓްރެޓެޖިކް ޗެނަލް ދެމެހެއްޓުމަށާއި މުހިންމު ދާއިރާތަކުން އިތުރު މަތީ ފަންތީގެ ބައިވެރިވުމާއި މަޝްވަރާތައް ކުރިއަށް އޮތް މަސްތަކުގައި ގެންދިއުމަށް ދެ ފަރާތުން ވެސް ވައުދުވެފައިވާ ކަމަށެވެ.

ވޮޝިންޓަނުން ބުނީ ސުލިވާން "ޓައިވާން ކަނޑުއޮޅިން ސުލްހަ އާއި ހަމަޖެހުމުގެ މުހިންމުކަން ފާހަގަކުރެއްވި" ކަމަށާއި، ޓައިވާންގެ މައްސަލައަކީ ޗައިނާ-އެމެރިކާގެ ފުރަތަމަ ނާކާމިޔާބު ރެޑްލައިން ކަމަށް ވަންގް އެމެރިކާއަށް އިންޒާރު ދެއްވި ކަމަށް ޗައިނާގެ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް