ފަޒްނާ، ސަލަފް ބޮޑުމީހާއަށް: އަޅުގަނޑަކީ ދީނަށް ޖޯކުޖަހާ މީހެއް ނޫންކަން ދަންނަ މީހަކަށް ވިއްޔާ އެނގޭނެ

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ އަނބިކަނބަލުން، ފަސްޓްލޭޑީ ފަޒްނާ އަހްމަދު، ސަލަފްގެ ބޮޑު މީހާއަށްކަމަށްބުނެ ވަރުގަދަ ރައްދެއް ދެއްވައިފިއެވެ. މިއަދު ކެމްޕޭނަށް ނިކުމެވަޑައިގެން އު...

17 Sep 2023 | 17:28

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ އަނބިކަނބަލުން، ފަސްޓްލޭޑީ ފަޒްނާ އަހްމަދު، ސަލަފްގެ ބޮޑު މީހާއަށްކަމަށްބުނެ ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.

މިއަދު ކެމްޕޭނަށް ނިކުމެވަޑައިގެން އުޅުއްވަނިކޮށް ހުޅުމާލޭ ފޭޒް ދޭއްގެ ހިޔާ ފްލެޓް ސަރަހައްދުން ހިނގާދިޔަ ކަންތައްތަކަށްފަހު ސޯޝަލް މީޑިއާގައި ފަޒްނާ ހިއްސާ ކުރެއްވި ޕޯސްޓެއްގައި ބުނެފައިވަނީ، ސަލަފްގެ ބޮޑުމީހާއަށް އަމާޒުކޮށްކަމަށްބުނެ ވިދާޅުވެފައިވަނީ އެކަމަނާއަކީ އެއްވެސް އިސްލާމް ދީނަށް ޖޯކުޖަހާ މީހެއް ނޫންކަން ދަންނަ މީހެއް ވިއްޔާ އެނގޭނެ ކަމަށެވެ.

މިއަދުގެ ތަޖުރިބާ ހިއްސާކުރައްވަމުން ފަޒްނާ ވިދާޅުވެފައިވަނީ ފޭޒް ދޭއްގައި ދޮރުން ދޮރަށް ހިނގިއިރު ބޮޑު ދެ ފިރިހެނަކު ފުރައްސާރަކުރަމުން ފަހަތުން ހިނގި ކަމަށާއި އެއީ އިދިކޮޅު ކެނޑިޑޭޓަށް ތާއީދުކުރާ ދެމީހެއް ކަމަށެވެ.

"މި ބޮޑު ދެ ފިރިހެނުން ފުރައްސާރަކުރަމުން ނުހިނގިނަމަ އަޅުގަނޑު އެތަނަށް ދިޔަކަންވެސް ގިނަ މީހުންނަށް ނޭނގޭނެ، މި ހުތުރު އަމަލުގެ ސަބަބުން ވީ ފައިދާ" ފަޒްނާ ފޭސްބުކް ސްޓޭޓަސްއެއްގައި ލިޔުއްވާފައިވެއެވެ.

އިތުރަށް ވިދާޅުވެފައިވަނީ ކުރި ފުރައްސާރައިގެ ސަބަބުން ވީ ފައިދާ ކަމަށާއި މީހުން އައިސް ސަލާންކޮށް ގައިގާ ފިރުމާ އެކުގައި ފޮޓޯނަގަން އެދުނު ކަމަށެވެ. ދާން ޝެޑިއުލްކޮށްފައިނުވާ ފްލެޓްތަކަށްވެސް ދާން ދައުވަތު ލިބުނު ކަމަށެވެ.

ފަޒްނާ އިތުރަށް ވިދާޅުވެފައިވަނީ މިއަދު ނިންމާލީ އެހެން މީޓިން އެއް އޮތުމުން ކަމަށާއި އަދި ހިޔާ ފްލެޓް ސަހައްދަށް ޒިޔާރަތްކުރައްވާނެކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް