ޓިކްޓޮކް 345 މިލިއަން ޔޫރޯއިން ޖޫރިމަނާކޮށްފި

ޔޫރަޕިއަން ޔޫނިއަންގައި ކުޑަކުދިންގެ ޕާސަނަލް ޑޭޓާ ޕްރޮސެސް ކުރުމާ ގުޅޭ ޕްރައިވެސީ ގާނޫނާ ހިލާފުވި ކަމަށް ބުނެ ޓިކްޓޮކް 345 މިލިއަން ޔޫރޯ އިން ޖޫރިމަނާކޮށްފައިވާ ކަމަށް އެ ބްލޮކްގައި ހިމެނޭ އެ ބްލޮކްގ...

17 Sep 2023 | 17:17

ޔޫރަޕިއަން ޔޫނިއަންގައި ކުޑަކުދިންގެ ޕާސަނަލް ޑޭޓާ ޕްރޮސެސް ކުރުމާ ގުޅޭ ޕްރައިވެސީ ގާނޫނާ ހިލާފުވި ކަމަށް ބުނެ ޓިކްޓޮކް 345 މިލިއަން ޔޫރޯ އިން ޖޫރިމަނާކޮށްފައިވާ ކަމަށް އެ ބްލޮކްގައި ހިމެނޭ އެ ބްލޮކްގެ ލީޑް ރެގިއުލޭޓަރު ން މިދިޔަ ހުކުރު ދުވަހު ވަނީ ބުނެފަ އެވެ.

އަޔަލޭންޑްގެ ޑޭޓާ ޕްރޮޓެކްޝަން ކޮމިޝަނަރު (ޑީޕީސީ) އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ފާއިތުވި އަހަރުތަކުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޒުވާން އުމުރުގެ ކުދިންގެ މެދުގައި ހަލުވިކަމާއެކު ކުރިއަރަމުން އަންނަ ޗައިނާގެ ހިއްސާ އޮންނަ ޝޯޓް ވީޑިއޯ ޕްލެޓްފޯމުން އީޔޫގެ ޕްރައިވެސީގެ ގިނަ ގާނޫނުތަކާ ހިލާފުވެފައި ވަނީ  31 ޖުލައި 2020 އިން 31 ޑިސެމްބަރި 2020 އާ ދެމެދު ކަމަށެވެ.

މިއީ ބައިޓްޑާންސްގެ ހިއްސާ އޮންނަ ޓިކްޓޮކްގެ ރީޖަނަލް ހެޑްކުއާޓާސް އަޔަލޭންޑްގައި ހުރުމުގެ ސަބަބުން ދުނިޔޭގެ ބޮޑެތި ޓެކް ކުންފުނިތަކުގެ އީޔޫގެ ލީޑް ރެގިއުލޭޓަރު ޑީޕީސީއިން އެ ކުންފުންޏަށް ފުރައްސާރަ ކުރި ފުރަތަމަ ފަހަރެވެ.

ޓިކްޓޮކްގެ ތަރުޖަމާނަކު ވިދާޅުވީ އެ ނިންމުމާ، ހާއްސަކޮށް ޖޫރިމަނާގެ ބޮޑުމިނާ ދެކޮޅު ކަމަށާއި، 2021 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ޑީޕީސީގެ ތަހުގީގު ފެށުމުގެ ކުރިން އެ ކުންފުނިން ތައާރަފްކުރި ފިޔަވަޅުތަކުގެ ސަބަބުން، އޭރު ކިޔަމުން އައި ގިނަ ފާޑުކިޔުންތައް މިހާރު ނުގުޅޭ ކަމަށެވެ.

ޑީޕީސީން ބުނީ ޓިކްޓޮކްގެ ޚިލާފުތަކުގެ ތެރޭގައި 2020 ވަނަ އަހަރު 16 އަހަރުން ދަށުގެ ޓިކްޓޮކް ބޭނުންކުރާ މީހުންގެ އެކައުންޓްތައް ޑިފޯލްޓް ސެޓިން އިން  "ޕަބްލިކް" ކުރެވޭ ގޮތް ހެދުމާއި އަދި "ފެމިލީ ޕެއާރިން" ފީޗާ އިން ގުޅާލުމުން އެ އެކައުންޓް ބޭނުންކުރާ މީހަކީ ހަގީގަތުގައި ވެސް އެ ކުދިންގެ މައިންބަފައިންތޯ ނުވަތަ ބެލެނިވެރިއެއްތޯ ޓިކްޓޮކުން ކަށަވަރު ކޮށްފައި ނުވާ ކަމަށެވެ.

ޓިކްޓޮކުން މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ފެމިލީ ޕެއާރިންއަށް ހަރުކަށި ޕޭރެންޓަލް ކޮންޓްރޯލްތަކެއް އިތުރުކޮށް، ރަޖިސްޓްރީކޮށްފައިވާ 16 އަހަރުން ދަށުގެ ހުރިހާ ކަސްޓަމަރުންގެ ޑިފޯލްޓް ސެޓިން 2021 ވަނަ އަހަރުގެ ޖެނުއަރީ މަހު "ޕްރައިވެޓް" އަށް ބަދަލުކުރި އެވެ.

ޓިކްޓޮކުން ހުކުރު ދުވަހު ބުނީ ޕަބްލިކް އަދި ޕްރައިވެޓް އެކައުންޓްތަކުގެ ތަފާތުތައް ނައްތާލުމަށް ޓަކައި އެ ކުންފުނީގެ ޕްރައިވެސީ މެޓީރިއަލްތައް އިތުރަށް އަޕްޑޭޓް ކުރަން ނިންމާފައިވާ ކަމަށާއި މި މަހުގެ ފަހުކޮޅުން ފެށިގެން އަލަށް 16-17 އަހަރާ ދެމެދުގެ މީހުން އެޕްލިކޭޝަނަށް ރަޖިސްޓްރީ ކުރާއިރު ޕްރައިވެޓް އެކައުންޓެއް ޕްރީ-ސިލެކްޓް ކުރާނެ ކަމަށެވެ.

ޑީޕީސީން ވަނީ ޓިކްޓޮކަށް ތިން މަސް ދުވަހުގެ މުއްދަތެއް ދީފަ އެވެ. ޓިކްޓޮކުން ޗައިނާއަށް ޕާސަނަލް ޑޭޓާ ޓްރާންސްފާ ކުރި ގޮތާއި، ޕާސަނަލް ޑޭޓާ ބްލޮކްއިން ބޭރުގެ ގައުމުތަކަށް ގެންދިއުމުގައި އީޔޫގެ ޑޭޓާ ގާނޫނާ އެއްގޮތަށް އަމަލުކުރޭތޯ ބެލުމަށް ދެވަނަ ތަހުގީގެއް ވަނީ ފަށާފަ އެވެ. މިދިޔަ މާޗް މަހު ޑީޕީސީން ބުނީ އެ ތަހުގީގުގެ ޕްރިލިމިނަރީ ޑްރާފްޓް ނިންމުމެއް ތައްޔާރު ކުރަމުން އަންނަ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް