އިންޑިޔާގެ އަދިތިޔާ އެލް1 ޖައްވީ އުޅަނދުގެ މިޝަން ނިންމާ ދުނިޔެއަށް އަތުވެއްޖެ

ސެޕްޓެމްބަރު މަހުގެ 15 ވަނަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި އިންޑިއާއިން އިރު ދިރާސާކުރުމަށް އުދުއްސާލި ޖައްވީ އުޅަނދުގައި އިސްކޮށް ހަރަކާތްތެރިވާ އަދިތިޔާ އެލް1 ޖައްވީ އުޅަނދުގެ މިޝަން ނިންމާލުމަށްފަހ...

17 Sep 2023 | 16:49

ސެޕްޓެމްބަރު މަހުގެ 15 ވަނަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި އިންޑިއާއިން އިރު ދިރާސާކުރުމަށް އުދުއްސާލި ޖައްވީ އުޅަނދުގައި އިސްކޮށް ހަރަކާތްތެރިވާ އަދިތިޔާ އެލް1 ޖައްވީ އުޅަނދުގެ މިޝަން ނިންމާލުމަށްފަހު ކާމިޔާބުކަމާއެކު ދުނިޔެއަށް ދަތުރުކޮށްފިއެވެ.

އިންޑިއާގެ ޖައްވީ އިދާރާ އިސްރޯއިން ބުނީ އެ އުޅަނދުގެ މިޝަން ކާމިޔާބުކަމާ އެކު ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. މި އޮޕަރޭޝަންގައި މޮރިޝަސް، ބެންގަލޫރު، އެސްޑީއެސްސީ-ޝާރް އަދި ޕޯޓް ބްލެއާގައި ހުންނަ އިސްރޯގެ ގްރައުންޑް ސްޓޭޝަންތަކުން ވަނީ ސެޓެލައިޓް ޓްރެކް ކޮށްފައެވެ.

މި ސްޓޭޝަންތަކުގެ އިތުރުން އަދިތިޔާ-އެލް1 އަށް ފިޖީގެ ރަށްރަށުގައި މިހާރު ބަހައްޓާފައިވާ ޓްރާންސްޕޯޓޭބަލް ޓާމިނަލަކުން ޕޯސްޓް ބާން އޮޕަރޭޝަންތަކަށް އެހީތެރިކަން ފޯރުކޮށްދޭނެ އެވެ.

އަދިތިޔާ-އެލް1 ގެ ދަތުރު ކާމިޔާބު ކަމާއެކު ނިންމާލުމާއެކު އިތުރު ޖައްވީ އުޅަނދެން އިރުގެ ދިރާސާއަށް ފޮނުވާލުމަށް އިންޑިއާއިންވަނީ ތައްޔާރުވެފައެވެ. އައު ޖައްވީ އުޅަނދަށް ލިބިފައިވާ އާ އޯބިޓަކީ 256 ކިލޯމީޓަރު x 121973 ކިލޯމީޓަރު ކަމަށް އިސްރޯއިން ބުނެއެވެ. ޓްރާންސް-ލަގްރެޖިއަން ޕޮއިންޓް 1 އިންސަރޝަން ޓީ.އެލް.1އައި ނަމަކަށް ކިޔާ މި އުޅަނދު ދުނިޔެއިން ފޮނުވާލުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރު މަހުގެ 19 ވަނަ ދުވަހުގެ މެންދުރު ފަހު 02:00 ހާއިރުއެވެ.

އަދިތުޔާ-އެލް1 އަކީ ފުރަތަމަ ސަން-އާތު ލަގްރަންޖިއަން ޕޮއިންޓް އެލް1 ގެ ވަށައިގެން ވާ ހެލޯ އޯބިޓަކުން އިރު ދިރާސާ ކުރުމުގެ މަސައްކަތް ހަވާލުކުރާ އިންޑިއާގެ ފުރަތަމަ ސްޕޭސް ބޭސްޑް އޮބްޒަވޭޓަރީއަށް ވާތީ، އަދިތިޔާ-އެލް1 އަށް ވަރަށް ބޮޑު އަހަންމިއްޔަތް ކަމެއް ވަނީ ލިބިފަ އެވެ.

މި ހިސާބަކީ އަޅުގަނޑުމެންގެ ޕްލެނެޓާ ގާތްގަނޑަކަށް 1.5 މިލިއަން ކިލޯމީޓަރު ދުރުގައި އޮންނަ ހިސާބެކެވެ. މި ޖައްވީ އުޅަނދަށް ފާހަގަކޮށްލެވޭ ވަރުގެ ކާމިޔާބީއެއް ވަނީ ލިބިފައެވެ. ސަބަބަކަށް ވެފައިވަނި ސެޕްޓެމްބަރު މަހުގެ 3 ވަނަ ދުވަހު، 5 ވަނަ ދުވަހު، އަދި 10 ވަނަ ދުވަހު ފޮނުވާލި ތިން އުޅަނދުވެސް ކާމިޔާބުކަމާއެކު ނިމުމަކަށް ގެނައުމުންނެވެ.

މި ސިލްސިލާގެ ހަރަކާތްތައް ކުރިއަށް ގެންދަނީ އަދިތިޔާ އެލް1 އިން ދުނިޔެ ވަށައިގެން 16 ދުވަހުގެ ދަތުރެއް ކުރަމުން ދަނިކޮށެވެ. މި މިޝަނަކީ އިންޑިޔާގެ ޖައްވީ އިދާރާގެ ޤާބިލުކަމާއި އުންމީދު ދައްކުވައިދޭ މިޝަނެކެވެ.

މި މަސައްކަތްތައް ކާމިޔާބުކަމާއެކު ނިމުމާއެކު އަދިތިޔާ އެލް1 ޖައްވީ އުޅަނދު މިހާރު ވަނީ ދުނިޔެއިން ފޮނުވުމަށް ޝެޑިއުލް ކުރަން ފަށާފައެވެ. މި ކަންކަމަކީ ހަމައެކަނި މި މިޝަންގެ ކާމިޔާބީއަށް މުހިންމު ކަންތައްތަކެއް ނޫން ކަމަށާއި، ސަންގެ ޑައިނަމިކްސްއާ މެދު އަޅުގަނޑުމެންގެ ވިސްނުން އިތުރުކުރުމަށް ވެސް ވަރަށް ބޮޑު އެހީތެރިކަމެއް ފޯރުކޮށްދޭ ކަމެއް ކަމަށެވެ.

އަދިތުޔާ-އެލް1 އިން އެއްކޮށްފައިވާ ޑޭޓާތަކުގެ ސަބަބުން ސޯލާ ރިސާޗަށް އިންގިލާބީ ބަދަލުތަކެއް އަންނާނެ އަގުހުރި މައުލޫމާތުތަކެއް ލިބިގެންދާނެ އެވެ. މި މިޝަންގެ އިތުރު އަޕްޑޭޓްތަކަށް އިންތިޒާރު ކުރަމުން އަންނައިރު، އިސްރޯއިން އަނެއްކާވެސް ވަނީ ޖައްވީ މިޝަންތައް ފުރިހަމަކަމާއި ޕްރޮފެޝަނަލިޒަމާ އެކު ކުރިއަށް ގެންދިއުމުގެ ގާބިލުކަން ދައްކައިދީފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް