ރިޔާސީ އިންތިހާބުގެ ދެވަނަބުރަށް ދެ ކެނޑިޑޭޓުންވެސް ކުރަމުން އަންނަ ކެމްޕޭނުގައި އެމްޑީޕީގެ ކެނޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އަނބިކަނބަލުން، ފަސްޓްލޭޑީ ފަޒްނާ އަހްމަދު މިއަދު ހިޔާ ފްލެޓް ސަރަހައްދަށް ވަޑައިގެންފިއެވެ.
ފަޒްނާ ވަނީ މިއަދު ހުޅުމާލެ ފޭޒް ދޭއްގެ ހިޔާ ފްލެޓް ސަރަހައްދަށް ވަޑައިގެން ދޮރުން ދޮރަށް ހިންގެވުމުގެ މަސައްކަތް ކުރައްވާފައެވެ.
https://twitter.com/XefroX/status/1703397825051296192
ކެމްޕޭނުގެ އެ މަސައްކަތަށް އިދިކޮޅުން ހުރަސްއެޅަން މަސައްކަތްކުރިމަށް ޝޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ފޮޓޯ ވީޑިއޯތަކުން ފެންނައިރު ދުވަހަށް މައުލޫމާތުދެއްވަމުން ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވީ ހަމަނުޖެހުން ހިންގައި ފުލުހުންގެ އަމުރަށް ނުކިޔަމަންތެރި ކަމުގެ ތުހުމަތުގައި ދިވެހި ފިރިހެނެއް މިއަދު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ކަމަށާއި ނަމަވެސް މިހާރު އޭނާ ދޫކޮށްލާފައިވާކަމަށެވެ.
https://twitter.com/imax2580x/status/1703370134377894001
ރައީސްގެ އަނބިކަނބަލުން އަންނަނީ ދެވަނަ ބުރުގެ ކެމްޕޭނުގައި އިސް ރޯލެއް އަދާކުރައްވަމުންނެވެ. ދޮރުން ދޮރަށް ވަޑައިގެން ކޮންމެ ދުވަހަކުމެ މަސައްކަތް ކުރައްވަމުން ގެންދަވާއިރު އެ މަސައްކަތުން ކާމިޔާބީތަކެއް ލިބެމުން އަންނަ ކަމަށްވެސް ފާހަގަކުރައްވާފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް