އަޅުގަނޑު އެމްޑީޕީއަކާ ނުގުޅެން: ރައީސް ނަޝީދު

އެމްޑީޕީއާއި ގުޅުނުކަމަށް ދައްކާ ވާހަކައަކީ ދޮގެއް ކަމަށް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސް ނަޝީދު މިހެން ވިދާޅުވެފައިވަނީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ. "އަޅުގަނޑު އެމްޑީޕީއަށް ގުޅުނ...

17 Sep 2023 | 13:35

އެމްޑީޕީއާއި ގުޅުނުކަމަށް ދައްކާ ވާހަކައަކީ ދޮގެއް ކަމަށް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވެފައިވަނީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ.

"އަޅުގަނޑު އެމްޑީޕީއަށް ގުޅުނުކަމަށް ފަތުރަމުންދާ ވާހަކައަކީ ކަނޑައެޅިގެން ދޮގެއް" ރައީސް ނަޝީދުގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.

https://twitter.com/MohamedNasheed/status/1703399031605723152

ރައީސް ނަޝީދު މިހެން ވިދާޅުވެފައިވާއިރު އެފަދަ އަޑުތަކެއް މާބޮޑަކަށް ފެތުރުނުކަމެއް އެނގޭކަށް ނެތެވެ. ލޯކަލް މީޑިއާ އަދި ސޯޝަލް މީޑިއާގައިވެސް އެފަދަ ވާހަކައެއް އަދި މާ ބޮޑަކަށް ފެންނާކަށް ނެތެވެ.

https://twitter.com/HassanImsad/status/1703401959498346709

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް