މިރޭ އުތުރާއި މެދުރާއްޖެއަށް މޫސުން ގޯސް

މިރޭ އުތުރާއި މެދުރާއްޖެއަށް މޫސުން ގޯސްކަމުގައި މެޓުން ބުނެފިއެވެ. މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން މިހެން ބުނެފައިވަނީ މާދަމާގެ ހެނދުނު 06:00 އާއި ހަމައަށް ލަފާކޮށް ނެރެފައިވާ މޫސުމީ ބ...

17 Sep 2023 | 12:45

މިރޭ އުތުރާއި މެދުރާއްޖެއަށް މޫސުން ގޯސްކަމުގައި މެޓުން ބުނެފިއެވެ.

މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން މިހެން ބުނެފައިވަނީ މާދަމާގެ ހެނދުނު 06:00 އާއި ހަމައަށް ލަފާކޮށް ނެރެފައިވާ މޫސުމީ ބުލެޓިންގައެވެ.

މެޓުން ނެރެފައިވާ މޫސުމީ އެ ބުލެޓިންގައި ބުނެފައިވާގޮތުގައި މިރޭ 06:00 އިން ފެށިގެން މާދަމާ ހެނދުނު 06:00 އާއި ދެމެދުގެ ވަގުތުގައި އުތުރާއި މެދުރާއްޖޭގެ އެކި ހިސާބަށް ގުގުރުމާއެކު ވިއްސާރަކުރާނެ ކަމަށާއި އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށެވެ.

"ދެކުނުގެ ބައެއް ރަށްތަކަށްވެސް ކެރީގެ އަސަރު ފޯރުން އެކަށީގެންވޭ" މެޓުން ބުނެފައިވެއެވެ.

މެޓުން އިތުރަށް ބުނެފައިވަނީ ވިލާގަނޑުގައި އުތުރުގެ އަތޮޅުތަކަށް 35 މޭލަށް ވައި ގަދަވުން އެކަށީގެންވާކަމަށެވެ.

ކަނޑުތަކަށް ބަލައިލާއިރު އުތުރުގެ ކަނޑުތައް އާދައިގެވަރަކަށް މަޑުވެފައި ވިލާގަނޑުގައި ގަދަވާނެކަމަށް ބުނެފައިވެއެވެ. ދެކުނާއި މެދުރާއްޖޭގެ ކަނޑުތައް އާދައިގެވަރަކަށް ގަދަވާނެކަމަށް ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް