ލ. ފޮނަދޫ އެގްރޯނެޓް އެގްޒެކެޓިވްގެ މަގާމުގައި ހުންނެވި އެމްޑީޕީގެ މެމްބަރު މޫސާ ނަޒީރު، ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓް ޑރ. މުއްމަދު މުއިއްޒުއަށް ތާއިދު ކުރައްވައިފިއެވެ.
މިކަން ހާމަ ކޮށްފައި ވަނީ ޕީޕީއެމް މަހިބަދޫ ދާއިރާގެ މަޖިލިސް މެމްބަރު އަހުމަދު ޠާރިޤް (ޓޮމް) ކުރެއްވި ޓުވީޓެއްގައެވެ.
ޓޮމް ވިދާޅުވީ، ރައްޔިތުން ބިރުފަހަނައަޅާ ހިނގައްޖެ ކަމަށެވެ. އަދި އެމްޑީޕީ ރޫޅެނީ ކަމަށެވެ.
ނަޒީރު މުއިއްޒުއަށް ތާއީދު ކުރަން ނިންމާފައި ވާއިރު، ލ. އަތޮޅު ކައުންސިލްގެ ރައީސް އިސްމާއިލް އަލީ (އިއްސެ) ވެސް ވަނީ ޑރ. މުއިއްޒަށް ތާއީދުކުރައްވަން ނިންމާފައެވެ.
އިއްސެ އަކީ ދަ ޑިމޮކްރެޓްސްގެ މެންބަރެކެވެ.
މިކަން ހާމަކުރައްވައި ރޭގެ ވަގުތެއްގައި މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ތޯރިގް (ޓޮމް) ވިދާޅުވެފައިވަނީ ޑިމޮކްރެޓްސް ޕާޓީއަށް ނިސްބަތްވާ ލ. އަތޮޅުގެ ކައުންސިލްގެ ރައީސް އިސްމާއިލް އަލީ ޑރ. މުހައްމަދު މުއިއްޒުގެ ކެމްޕޭނު ހަރަކާތްތަކާއި ގުޅިފައިވާއިރު، ކުރަންޖެހުނު ކޮންމެ ކަމެއް ކޮށްގެންވެސް މި ވެރިކަން ބަދަލުކުރަންޖެހޭކަމަށް އިސްމާއިލް އަލީ ވިދާޅުވާކަމަށެވެ.
އިއްސެ އަކީ ދަ ޑިމޮކްރެޓްސް އުފެއްދުމުގެ ހަރަކާތްތަކުގައިވެސް އިސްކޮށް ހަރަކާތްތެރިވި ފަރާތެކެވެ. އެގޮތުން އިލެކްޝަންސް ކޮމިޝަނަށް އެ ޕާޓީ އުފެއްދުމަށް ވެއްދި ވެއްދުމާއި އަދި އެއަށްފަހު ކުރިއަށްގެންދިޔަ މަސައްކަތްތަކުގައިވެސް އިއްސެ ބައިވެރިވެފައިވެއެވެ.
ލާމު ރައީސް ޑރ. މުއިއްޒަށް ތާއީދުކުރަން ނިންމާފައިވާއިރު ރައްޔިތުންގެ މަޖިލީހުގައި ފޮނަދޫ ދާއިރާ ތަމްސީލުކުރައްވާ މެންބަރު، މޫސާ ސިރާޖުވެސް ވަނީ އެމްޑީޕީއިން ވަކިވެ ޑރ. މުއިއްޒަށް ތާއީދުކުރަން ނިންމާ ޑރ. މުއިއްޒުގެ ކެމްޕޭނު ހަރަކާތްތަކުގައި ބައިވެރިވެވަޑައިގެންފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް