ރީ-ރަޖިސްޓްރޭޝަންގެ މައްސަލަ ބޮޑުވެ އިދިކޮޅުނ ކޯލިޝަނުން އިލެކްޝަންސް ކޮމިޝަން (އީސީ)އަށް ގޮސްފިއެވެ.
ރިޔާސީ އިންތިާބުގެ ދެވަނަ ބުރަށް ރީ-ރަޖިސްޓަރ ކުރަން ހުޅުވާލުމާއެކު ދެ ދުވަހުގެ ތެރޭގައި25 ހާސް މީހުން ރީ-ރެޖސިްޓަރ ވެފައި ވާކަމަށް އީސީން ވަނީ ބުނެފައެވެ. އެކަމާ ގުޅިގެން ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެނޑިޑޭޑް ޑރ. މުހައްމަދު މުއިއްޒު ހިމެނިވަަޑައިގަންނަވާހެން، އިދިކޮޅުގެ ގިނަ ބަޔަކު ދަނީ ކަންބޮޑުވުް ފާޅު ކުރަމުންނެވެ.
މުއިއްޒު ވިދާޅުވީ އެހާ ކުރު މުއްދަތެއްގެ ތެރޭގައި އެހާ ގިނަ އަދަދެއްގެ މީހުން ރީ-ރަޖިސްޓަރ ކުރުމަކީ ވަރަށް ބޮޑަށް ސުވާލު އުފެދޭ ކަމެއް ކަމަށާއި އެކަމަކީ ވަރަށް ސީރިއަސް ކަމެއްގެ ގޮތުގައި ޕާޓީތަކާއި އިންޓަނޭޝަނަލް މޮނިޓަރުންނާއި އޮބްޒާވަރުން އަދި ކަމާބެހޭ ފަރާތްތަކުން ބަލަން ޖެހޭ ކަމެއް ކަމަށެވެ.
އެ މައްސަލައިގައި ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލްއަށް މުހައްމަދު ތޮލާލް ވިދާޅުވީ، އެކަމާ ގުޅިގެން މިއަދު މެންދުރު ޕީޕީއެމްގެ ލީޑަރޝިޕުން އީސީއަށް ދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި އެ ބައްދަލު ވުމަށްފަހު، ދެކެވުނު ވާހަކަ މީޑިޔާއާ ހއިްސާ ކުރާނެ ކަމަށް ތޮލާލް ވިދާޅުވިއެވެ.
ކުއްލިއަކަށް ރީ-ރަޖިސްޓްރީ ކުރި މީހުންގެ އަދަދު ގިނަވުމުން ޑިމޮކްރެޓްސްގެ ފަރާތުން އީވާ އަބްދުﷲ ވެސް ވަނީ ކަންބޮޑުވުން ފާޅު ކޮށްފައެވެ.
ނަމަވެސް އެކަމަށް އެމްޑީޕީއިން ބުނެފައި ވަނީ، ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ރީ-ރަޖިސްޓްރޭޝަންގެ ކަންކަން ކުރުމުގައި އީސީގެ މައްޗަށް ނުފޫޒު ފޯރުވާކަމަށްބުނެ ތުހުމަތުގެ އަޑު ފަތުރަނީ ބަލިވާނެކަން ޔަގީންވާތީ ކަމަށެވެ.
އިބޫ-އަސްލަމް ކެމްޕޭނު ނެރުނު ނޫސްބަޔާނެއްގައި ބުނީ، އެ ކެމްޕޭނުގެ ފަރާތުން އިލެކްޝަންސް ކޮމިޝަނުގެ ރީ-ރަޖިސްޓްރޭޝަން މަސައްކަތަށް ނޭދެވޭ ނުފޫޒު ފޯރުވާކަމަށް އިދިކޮޅު ފަރާތްތަކުން އަޑުފަތުރަނީ ރިޔާސީ އިންތިހާބުން ބަލިވާނެކަން އެފަރާތްތަކަށް ޔަގީންވާތީ އިންތިހާބު ގަޑުބަޑުކޮށްލުމުގެ ބޭނުމުގައި ކަމަށެވެ.
“މިފަދަ އެއްވެސް ކަމެއް މި ކެމްޕޭނުގެ ފަރާތުން ނުކުރާކަމަށާއި ނުވެސް ކުރާނެކަމުގެ ކަށަވަރުކަން އެންމެހާ ލޮބުވެތި ރައްޔިތުންނަށާއި އިންތިހާބުގެ ކަންކަން އޮބްޒާވްކުރާ ފަރާތްތަކަށް އަރުވަމެވެ.” އެ ޓީމުން ބުނެފައިވެއެވެ.
އިދިކޮޅު ސިޔާސީ ފަރާތްތަކުން އިންތިހާބަށް ނުފޫޒު ފޯރުވުމަށްޓަކައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދުކުރައްވާ ރައްޔިތުން އޮޅުވާލައިގެން ދުރު ސަރަހައްދުތަކަށް ރީ-ރަޖިސްޓަރ ކުރަމުންދާކަމުގެ މައުލޫމާތު ލިބެމުންދާތީ ކޮންމެ ބޭފުޅަކުވެސް އެ ބޭފުޅަކު ވޯޓު ލުމަށް ހަމަޖެހިފައިވަނީ ރަނގަޅު ފޮށްޓަށްކަން ކަށަވަރު ކުރެއްވުމަށްވެސް އެ ޓީމުން އެދިފައިވެއެވެ.
އެ ޓީމުން އިތުރަށް ބުނެފައިވަނީ ރީ-ރެޖިސްޓްރޭޝަން މަސައްކަތުގައި ވޭތުވެދިޔަ މަދު ދުވަސްތަކުގެ ތެރޭގައި މުޅި ރާއްޖޭގައި ހަރަކާތްތެރިވާ މި ޕާޓީތަކުގެ ހަރަކާތްތެރިންނާއި މި ރާއްޖެ އަލުން އަނބުރާ އަނިޔާވެރި އަނދިރި މާޒީގެ ތެރެއަށް ދިއުމަށް ނޭދޭ އާންމު ރައްޔިތުން ކުރި އަދި ކުރަމުންދާ މަސައްކަތަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ އުފާވެރި އަމާން ރާއްޖެ ކެމްޕޭނުގެ ފަރާތުން ޝުކުރުވެރިކަމާއެކު މަރުހަބާ ދަންނަވާކަމަށާއި އަދި އެ މަސައްކަތް އިތުރު ޖޯޝާއެކު ކުރިއަށް ގެންގޮސް މިއަދު ހަވީރު 4:00 އާ ހަމަޔަށް ރީ-ރަޖިސްޓަރ ކުރަންޖެހޭ ހުރިހާ ރައްޔިތުން ރީ-ރަޖިސްޓަރ ކުރުމަށް ހުރިހާ ހަރަކާތްތެރިންނާއި ލޮބުވެތި ރައްޔިތުންނަށް ގޮވާލާކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް