އައިޑީކާޑު އާކުރާ ނަމަ ބުރާސްފަތި ދުވަހުގެ ކުރިން ފޯމު ހުށަހަޅަން ޑީއެންއާރް އިން އެދިއްޖެ

މި އަހަރުގެ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ވޯޓުލުމަށް ތައްޔާރުވުމުގެ ގޮތުން، އައިޑީކާޑު އާކުރަން ޖެހޭ މީހުން ބުރާސްފަތި ދުވަހުގެ ކުރިން ފޯމު ހުށަހަޅަން ޑިޕާޓްމެންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (...

17 Sep 2023 | 08:27

މި އަހަރުގެ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ވޯޓުލުމަށް ތައްޔާރުވުމުގެ ގޮތުން، އައިޑީކާޑު އާކުރަން ޖެހޭ މީހުން ބުރާސްފަތި ދުވަހުގެ ކުރިން ފޯމު ހުށަހަޅަން ޑިޕާޓްމެންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރް) އިން އެދިއްޖެއެވެ.

ޑީއެންއާރް އިން ބުނީ، ސެޕްޓެމްބަރ 30 ގެ ނިޔަލަށް މުއްދަތު ހަމަވާ އައި.ޑީ ކާޑާއި އަދި އަލަށް 18 އަހަރު ފުރިގެން ހައްދާ އައި.ޑީ ކާޑުތައް މި މަހުގެ 21 ވަނަ ދުވަހުގެ 14:00 ކުރިން ޑީއެންއާރު ޕޯޓަލް މެދުވެރިކޮށް ހުށަހެޅުމަށް އެދޭ ކަމަށެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން އޮންނާނީ މި މަހުގެ30 ވަނަ ދުވަހުގެ ހެނދުނު8:00ން ހަވީރު5:00 އަށެވެ.

އިންތިހާބުގެ ފުރަތަމަ ބުރުގައި 46.06 އިންސައްތައާއެކު އެއްވަނަ ހޯއްދެވީ ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުއެވެ. އަދި 39.05 އިންސައްތައާއެކު ދެވަނަ ހޯއްދެވީ އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.

ފުރަތަމަ ބުރުގައި އެއްވެސް ކެނޑިޑޭޓަކަށް 50 އިންސައްތައަށް ވުރެ ގިނަ ވޯޓު ލިބިފައި ނުވާތީ، އިންތިހާބު ކާމިޔާބު ކުރި ފަރާތެއް ކަނޑައަޅާނީ ދެވަނަ ބުރެއްގެ ވޯޓުންނެވެ. ދެވަނަ ބުރުގައި ވާދަ ކުރައްވާނީ ރައީސް ސޯލިހާއި ޑރ. މުއިއްޒުއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް