ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ އެކްރެޓަރީ ޖެނެރަލް އަކަށް އެ ޕާޓީގެ ލީޑަރުގެ ސްޕެޝަލް އެޑްވައިޒަރު އަޒްލީން އަހުމަދު ހަމަޖައްސައިފިއެވެ.
އެ މަގާމަށް އަޒްލީން ހަމަޖައްސާފައި ވަނީ، ކުރިން އެ މަގާމުގައި ހުންނެވި އަލީ އާރިފް މިއަދު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ،
ދުވަހަށް އެނގިފައިވާގޮތުގައި އަލީ އާރިފް އެ މަގާމުން އިސްތިއުފާ ދެއްވީ މިއަދު އެ ޕާޓީން ބޭއްވި އެ ޕާޓީގެ ކައުންސިލް ބައްދަލުވުމަށްފަހުގައެވެ. އަދި އަލީ އާރިފް އެ މަގާމުން އިސްތިއުފާ ދެއްވީ ގާސިމްގެ ރުހުމާއިއެކުގައިކަންވެސް ދުވަހަށް އެނގިފައިވެއެވެ.
އަލީ އާރިފް އެ މަގާމުން މިއަދު އިސްތިއުފާ ދެއްވާފައިވާއިރު ޖުމްހޫރީ ޕާޓީން އިއްޔެ ނިންމާފައިވަނީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރެއްގައި އެއްވެސް ޕާޓީއަކަށް ތާއީދު ނުކުރުމަށެވެ.
އަލީ އާރިފަކީ ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުއާއި އާއިލީގޮތުން ގުޅުން އޮންނަ ބޭފުޅެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް