ފަތުރަނީ ހުސްދޮގު، އެދެނީ ދިވެހިން އެކަން ގަބޫލު ނުކުރުމަށް: ޗައިނާ

ރިޔާސީ އިންތިހާބަށް ނުފޫޒު ފޯރުވުމަށް ޗައިނާއިން މަސައްކަތްކުރާކަމަށްބުނެ ފަތުރަނީ ހުސް ދޮގު ކަމަށާއި ދިވެހިން އެފަދަ ފޭކް މައުލޫމާތު ގަބޫލު  ނުކުރާނެކަމަށް ގަބޫލުކުރާކަމުގައި ޗައިނާ އެމްބަސީން ބުނެފި...

17 Sep 2023 | 05:58

ރިޔާސީ އިންތިހާބަށް ނުފޫޒު ފޯރުވުމަށް ޗައިނާއިން މަސައްކަތްކުރާކަމަށްބުނެ ފަތުރަނީ ހުސް ދޮގު ކަމަށާއި ދިވެހިން އެފަދަ ފޭކް މައުލޫމާތު ގަބޫލު  ނުކުރާނެކަމަށް ގަބޫލުކުރާކަމުގައި ޗައިނާ އެމްބަސީން ބުނެފިއެވެ.

އެގޮތުން ޗައިނާ އެމްބަސީން މިއަދުބުނެފައިވަނީ ބައެއް މީޑިއާތަކުންނާއި މީޑިއާގެ ބައެއް ފަރާތްތަކުން އެފަދަ ދޮގު އިލްޒާމްތައް އަޅުވަމުން އަންނަކަމުގެ މައުލޫމާތު ލިބިފައިވާކަމަށާއި އެ ވާހަކަތަކަކީ އެއްވެސް ހަގީގަތެއް އޭގައި ނެތް، ބަޔަކު އުފައްދައިގެން އުޅޭ ވާހަކަތަކެއް ކަމަށެވެ.

"ގައުމުތަކުގެ ދާހިލީ ކަންކަމުގެ ތެރެއަށް ޗައިނާއިން އެއްވެސް އިރަކު ނުވަންނާނެ، އެއީ ޗައިނާއިން އަބަދުވެސް ދަމަހައްޓާނެ ހަމަ" ޗައިނާއިން ބުނެފައިވެއެވެ.

ޗައިނާއިން މިހެން ބުނެފައިވާއިރު އޮންލައިން ނޫހަކަށް ޗައިނާއިން މި އިންތިހާބާ ދިމާކޮށް ގިނަ އަދަދެއްގެ ޑޮލަރު ދިންކަމަށްބުނެ އެފަދަ ވާހަކަތަކެއް ސޯޝަލް މީޑިއާގައްޔާއި ލޯކަލް މީޑިއާގައި އަންނަނީ ފަތުރަމުންނެވެ.

މި ވާހަކަތައް ތަހުގީގު ކޮށްދިނުމަށްވެސް ޗައިނާ އެމްބަސީން ދިވެހި ސަރުކާރަށް ގޮވާލާފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް