ޑިމޮކްރެޓްސް އަށް ނިސްބަތްވާ ލާމު ރައީސްގެ ތާއީދު ޑރ. މުއިއްޒަށް

ލ. އަތޮޅު ކައުންސިލްގެ ރައީސް އިސްމާއިލް އަލީ (އިއްސެ) ޑރ. މުއިއްޒަށް ތާއީދުކުރައްވަން ނިންމަވައިފިއެވެ. އިއްސެ އަކީ ދަ ޑިމޮކްރެޓްސްގެ މެންބަރެކެވެ. މިކަން ހާމަކުރައްވައި ރޭގެ ވަގުތެއްގައި މަހިބަދޫ ދާ...

17 Sep 2023 | 03:48

ލ. އަތޮޅު ކައުންސިލްގެ ރައީސް އިސްމާއިލް އަލީ (އިއްސެ) ޑރ. މުއިއްޒަށް ތާއީދުކުރައްވަން ނިންމަވައިފިއެވެ. އިއްސެ އަކީ ދަ ޑިމޮކްރެޓްސްގެ މެންބަރެކެވެ.

މިކަން ހާމަކުރައްވައި ރޭގެ ވަގުތެއްގައި މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ތޯރިގް (ޓޮމް) ވިދާޅުވެފައިވަނީ ޑިމޮކްރެޓްސް ޕާޓީއަށް ނިސްބަތްވާ ލ. އަތޮޅުގެ ކައުންސިލްގެ ރައީސް އިސްމާއިލް އަލީ ޑރ. މުހައްމަދު މުއިއްޒުގެ ކެމްޕޭނު ހަރަކާތްތަކާއި ގުޅިފައިވާއިރު، ކުރަންޖެހުނު ކޮންމެ ކަމެއް ކޮށްގެންވެސް މި ވެރިކަން ބަދަލުކުރަންޖެހޭކަމަށް އިސްމާއިލް އަލީ ވިދާޅުވާކަމަށެވެ.

އިއްސެ އަކީ ދަ ޑިމޮކްރެޓްސް އުފެއްދުމުގެ ހަރަކާތްތަކުގައިވެސް އިސްކޮށް ހަރަކާތްތެރިވި ފަރާތެކެވެ. އެގޮތުން އިލެކްޝަންސް ކޮމިޝަނަށް އެ ޕާޓީ އުފެއްދުމަށް ވެއްދި ވެއްދުމާއި އަދި އެއަށްފަހު ކުރިއަށްގެންދިޔަ މަސައްކަތްތަކުގައިވެސް އިއްސެ ބައިވެރިވެފައިވެއެވެ.

https://twitter.com/Gamuissey/status/1660208487979417600

ލާމު ރައީސް ޑރ. މުއިއްޒަށް ތާއީދުކުރަން ނިންމާފައިވާއިރު ރައްޔިތުންގެ މަޖިލީހުގައި ފޮނަދޫ ދާއިރާ ތަމްސީލުކުރައްވާ މެންބަރު، މޫސާ ސިރާޖުވެސް ވަނީ އެމްޑީޕީއިން ވަކިވެ ޑރ. މުއިއްޒަށް ތާއީދުކުރަން ނިންމާ ޑރ. މުއިއްޒުގެ ކެމްޕޭނު ހަރަކާތްތަކުގައި ބައިވެރިވެވަޑައިގެންފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް