ރައްޔިތުންގެ ފައިސާއަށް ސާހިބުމީހާ ހިޔާނާތްތެރިވިއިރު އަޅާނުލާ ހުރުން އެއީ ޑރ.މުއިއްޒަށް ނޫނެކޭ ބުނަންޖެހޭ ސަބަބު: ޑރ. އިޔާޒް

ރައީސް ޔާމީން ހިޔާނާތްތެރިވިއިރު އަޅާނުލާ ހުރުން އެއީ ޑރ.މުއިއްޒަށް ނޫނެކޭ ބުނަންޖެހޭ އެންމެ ބޮޑު އެއް ސަބަބުކަމުގައި ޑރ. މުހައްމަދު އިޔާޒް އަބްދުއްލަތީފް ވިދާޅުވެއްޖއެވެ. އިޔާޒް މިހެން ވިދާޅުވީ މުއިއ...

17 Sep 2023 | 03:14

ރައީސް ޔާމީން ހިޔާނާތްތެރިވިއިރު އަޅާނުލާ ހުރުން އެއީ ޑރ.މުއިއްޒަށް ނޫނެކޭ ބުނަންޖެހޭ އެންމެ ބޮޑު އެއް ސަބަބުކަމުގައި ޑރ. މުހައްމަދު އިޔާޒް އަބްދުއްލަތީފް ވިދާޅުވެއްޖއެވެ.

އިޔާޒް މިހެން ވިދާޅުވީ މުއިއްޒު ޓެގް ކުރައްވައި ފަތިހު ކުރެއްވި ޓްވީޓެއްގައެވެ.

އެ ޓްވީޓްގައި އިޔާޒް ވިދާޅުވެފައިވާގޮތުގައި ސާހިބުމީހާ ރައްޔިތުންގެ ފައިސާއަށް އިންތިހާ ދަރަޖައަސް ހިޔާނާތްތއެރިވެ، އަނިޔާވެރިކަން އިސްކޮށްހެދިއިރު އެކަމާ އަޅާނުލާ ވަޒީރެއްގެ ގޮތުގައި ހުންނެވިކަމީ މުއިއްޒަށް ނޫނެކޭ ބުނަންޖެހޭ އެންމެ ބޮޑު ސަބަބެވެ.

ޑރ. އިޔާޒް މިހެން ވިދާޅުވެފައިވާއިރު އިޔާޒަކީ ދީނީ އިލްމުވެރިންގެ ތެރެއިން ފާޅުގައި ރައީސް ސޯލިހްގެ ސަރުކާރަށް ތާއީދުކޮށް، އިދިކޮޅު ފަރާތްތަކާއި ދެކޮޅަށް ސޯޝަލް މީޑިއާގައި އެންޓި ކެމްޕޭނު ކުރައްވަމުންގެންދަވާ ދީނީ އިލްމުވެރިއެކެވެ. ޑރ. އިޔާޒްގެ އިތުރުން ޝައިޚް ޒައިދުވެސް މި ފަހަކާއި ޖެހެންދެން ޑރ. އިޔާޒާއި އެކު އިދިކޮޅު ފަރާތްތަކަށް ފާޑުކިޔަމުން ގެންދެވިއެވެ. އެހެން ނަމަވެސް ޝައިޚް ޒައިދު ވަނީ މި ފަހުން ޑރ. މުއިއްޒަށް ތާއީދުކުރައްވާކަން އިއުލާނުކުރައްވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް