"އީޓް އެން އެޕަލް ޑޭ" ފާހަގަ ކުރަން އެސްޓީއޯއިން އާފަލު ބަހައިފި

"އީޓް އެން އެޕަލް ޑޭ" ފާހަގަ ކުރަން އެސްޓީއޯއިން އާފަލު ބަހައިފި އެވެ. "އީޓް އެން އެޕަލް ޑޭ" އަކީ ކޮންމެ އަހަރެއްގެ ސެޕްޓެމްބަރު 17 ވަަނަ ދުވަހު ދުނިޔޭގެ ފެންވަރުގައި ފާހަގަ ކުރާ ދުވަހެކެވެ. އާފަލަކީ ...

17 Sep 2022 | 17:46

"އީޓް އެން އެޕަލް ޑޭ" ފާހަގަ ކުރަން އެސްޓީއޯއިން އާފަލު ބަހައިފި އެވެ.

"އީޓް އެން އެޕަލް ޑޭ" އަކީ ކޮންމެ އަހަރެއްގެ ސެޕްޓެމްބަރު 17 ވަަނަ ދުވަހު ދުނިޔޭގެ ފެންވަރުގައި ފާހަގަ ކުރާ ދުވަހެކެވެ. އާފަލަކީ ސިއްހަތަށް ފައިދާ ހުރި މާއްދާތަކެއް އެކުލެވޭ މޭވާއަކަށް ވާތީ މި ދުވަސް ފާހަގަ ކުރަނީ ދުވާލަކު މަދުވެގެން އެއް އާފަލު ކެއުމަށް ބާރު އެޅުމުގެ ގޮތުންނެވެ.

އެސްޓީއޯއިން އާފަލު ބެހުމުގެ ހަރަކާތް ކުރިޔަށް ގެންދިޔައީ އެ ކުންފުނީގެ ހެޑް އޮފީސް ކުރިމަތީގައި އޮންނަ އެސްޓީއޯ ޕާކުގައި އެވެ. ހަރަކާތް ކުރިޔަށް ގެންދިޔައީ ހަވީރު 4:00 ން 6:00 އަށެވެ.

އެސްޓީއޯއިން ބުނީ މިފަދަ ހަރަކާތެއް ކުރިޔަށް ގެންދިޔައީ ސިއްހީ ދުޅަހެޔޮކަން ޕްރޮމޯޓްކުރުމުގެ ގޮތުން ކަމަށެވެ. މި ހަރަކާތުގައި އެ ކުންފުނިން ވަނީ އެތަނަށް ޒިޔާރަތް ކުރި މީހުންނަށް ތަފާތު ވައްތަރުގެ އާފަލު ބަހާފަ އެވެ.

އޭގެ ތެރޭގައި ޕިންކް ލޭޑީ، ކުއީން އެޕަލް، ޕްރިންސް، ރޯޔަލް ބިއުޓީ، ރޯޔަލް އަދި ގްރީން ފަދަ އެކި ބާވަތުގެ އާފަލު ހިމެނެ އެވެ. އެސްޓީއޯއިން ބުނީ މި ވައްތަރުތަކުގެ އާފަލު އެސްޓީއޯ ޕީޕަލްސް ޗޮއިސްއިން ގަންނަން ލިބޭނެ ކަމަަށެވެ.

މި ހަރަކާތް ކުރިޔަށް ގެންދިޔަ އެސްޓީއޯ ޕާކަކީ ސިއްހީ ދުޅަހެޔޮކަމަށް މަގުފަހި ކޮށްދިނުމަށް އެ ކުންފުނިން ހަދައި ބަލަހައްޓަމުން އަންނަ ޕާކެކެވެ.

މި ޕާކުގައި ކަސްރަތުކުރުމުގެ ސާމާނު ހަރުކޮށްފައިވާއިރު ދުވާލެކޭ އެއްގޮތަށް ރޭގަނޑުވެސް އާންމުންނަށް ކަސްރަތު ކުރުމަށް މަގު ފަހިކޮށް ދިނުމުގެ ގޮތުން މުޅި ޕާކު އޮންނަނީ ދިއްލާލާފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް