ބޮލީވުޑްގެ އާ ޖޯޑަކީ ސައުތް އިންޑިއާގެ މަޝްހޫރު އެކްޓަރު ޕްރަބާސް އާއި ކްރިތީ ސެނޯން ކަމަށް ރިޕޯޓުތައް ބުނެފި އެވެ.
މި ދެތަރިން އެކުގައި މަސައްކަތް ކުރަމުންދަނީ ފިލްމު "އާދީޕުރުޝް" ގައި އެވެ. މި ފިލްމު ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރު އެވެ.
ރިޕޯޓުތައް ބުނާގޮތުގައި ދެމީހުންގެ މެދުގައި އޮތް އެކުވެރިކަމުގެ ގުޅުން ލޯތްބަށް ބަދަލުވީ "އާދީޕުރުޝް" ގެ ސެޓުން ކަމަށެވެ. އެކަމަކު މި ގުޅުން މިއަދާއި ހަމައަށްވެސް އޮތީ ބޮޑު ސިއްރެއްގެ ގޮތުގައި އެވެ.
ދެމީހުންގެ ހަރަކާތްތައް ގާތުން ދެކެ އެނގިފައިވާ މީހަކު ބުނީ ޕްރަބާސް އަކީ ވަރަށް ލަދުރަކި މީހުންނާއި ވާހަކަ ނުދައްކާ މަޑުމައިތިރިކޮށް އުޅޭ މީހެއް ކަމަށެވެ. އެކަމަކު "އާދީޕުރުޝް" ގެ ސެޓުގައި އޭނާ އެއްވެސް ޖެހިލެއް ފަސް ޖެހުމެއް ނެތި ކްރިތީ އާއި ވާހަކަ ދައްކާތަން ފެނުމާއި އާދަޔާ ހިލާފު ގޮތަކަށް ދެމީހުން ސެޓުގައި އުޅުމަކީ ގިނަ ބަޔަކަށް ހައިރާންކަން ގެނެސްދޭ ކަމެއް ކަމަށެވެ.
އެމީހާ ބުނީ ދެމީހުންގެ ގުޅުން އެހާ އަވަހަށް އިއުލާނު ކުރާނެ ކަމަށް ނުބެލެވެ އެވެ. އެއީ ބޭނުންވަނީ މަޑުމަޑުން ހުޅު ހަރުދަނާކޮށް ޕަރަބާސް އާއި ކްރީތީއަށް އެހެން ހަރުފަތަކަށް ދެވިދާނެކަން ޔަގީންވުމުން އިއުލާނު ކުރަން ކަމަށް ބުންޏެވެ.
މިދިޔަ ހަފްތާގައި ދެމީހުން ވަނީ "ކޮފީ ވިތް ކަރަން" އަށް އަރާފަ އެވެ. އެ ޝޯއަށް ޕްރަބާސް އެރީ ކްރިތީ ބުނެގެން ކަމަށްވެ އެވެ. އޭގެ ފަހުން ދެމީހުންގެ ސަޕޯޓަރުން ދަނީ ދެމީހުންގެ ގުޅުމުގެ ވާހަކައިގެ އުފާވެރިކަން ހާމަކޮށް މުޅި ސޯޝަލް މީޑިއާ ފުރާލަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް