ވިހާ ގޮތަށް އާލިއާ، ކުރިޔަށް އޮތް ފިލްމުގެ ޝޫޓިން ފަށާނެ!

ބޮލީވުޑްގެ އެންމެ ކާމިޔާބު ބަތަލާ ކަމަށްވާ އާލިއާ ބަޓް ވިހައި ގަދަވާއިރަށް ކުރިޔަށް އޮތް ފިލްމުގެ ޝޫޓިން ފަށާނެ ކަމަށް ރިޕޯޓުތައް ބުނެފި އެވެ. މިހާރު ސިނަމާތަކުގައި އަޅުވާފައިވާ އޭނާ އާއި ފިރިމީހާ ރަނ...

17 Sep 2022 | 09:48

ބޮލީވުޑްގެ އެންމެ ކާމިޔާބު ބަތަލާ ކަމަށްވާ އާލިއާ ބަޓް ވިހައި ގަދަވާއިރަށް ކުރިޔަށް އޮތް ފިލްމުގެ ޝޫޓިން ފަށާނެ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.

މިހާރު ސިނަމާތަކުގައި އަޅުވާފައިވާ އޭނާ އާއި ފިރިމީހާ ރަންބީރު ކަޕޫރުގެ ފިލްމު "ބްރަހަމަސްތްރާ" ގެ ކާމިޔާބުގައި ދެމީހުން ތިބީ އުފަލުން ފޮޅިފަ އެވެ. މި ފިލްމާއި އެކު އާލިއާ ވަނީ ވިހެއުމުގެ ކުރިން ފެށި ހުރިހާ މަސައްކަތެއް ނިންމާލާފަ އެވެ.

ރިޕޯޓުތައް ބުނާގޮތުގައި ލިބެމުންދާ ކާމިޔާބީގައި އުދުހެމުންދާ އާލިއާ ބަނޑުބޮޑުވެ ވިހެޔަސް ކެރިއަރަށް އަސަރު ކުރާނެ ކަމަކަށް ނުބެލެވެ އެވެ. އެއީ މިހާރު އާލިއާ ވިހައިގެން ކުޅޭ ފިލްމަށް ސޮއި ކޮށްފައިވާތީ އެވެ.

އާލިއާ ސޮއިކޮށްފައިވަނީ ފިލްމު "އެސްއެސްއެމްބީ29" އަށެވެ. ޑައިރެކްޓަރު އެސްއެސް ރާޖާމޯލީގެ ފިލްމުގެ ލީޑް އެކްޓަރަކީ ސައުތް އިންޑިއާގެ ސުޕަ ސްޓާ މަހޭޝް ބާބޫ އެވެ.

މި ފިލްމުގެ ނަން އިއުލާނުކޮށް ކާސްޓުން ނަގައި އާލިއާ ވިހަންވާއިރަށް ހުރިހާ ކަމެއްގެ ނިމޭނެ ކަމަށްވެ އެވެ. އޭގެ ފަހުން ފިލްމުގެ ޝޫޓިން މަސައްކަތް ފަށާނީ އާލިއާ އާއި އެކު އޭނާ ވިހާ ގަދަވަމުންނެވެ. އެކަމަކު އެއީ ކިތަށް މަސް ފަހުން ކަމެއް ނޭނގެ އެވެ.

މި ފިލްމާއި ގުޅޭ މާގިނަ މައުލޫމާތެއް އާންމެއް އަދި ނުކުރެ އެވެ.

އާލިއާ ވިހާނެ ކަމަށް ބެލެވެނީ އަންނަ ޑިސެމްބަރު މަހު ފަހުކޮޅު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް