މާލެ ސަރަހައްދުގައި ބޯހިމެނުގައި ހަރަކާތްތެރިވާ އޮފިޝަލުން ޖެކެޓެއް ލާން ފަށައިފި

ބޯހިމެނުމުގެ މަސައްކަތުގައި މާލެ ސަރަހައްދުގައި ހަރަކާތްތެރިވާ އޮފިޝަލުން ޖެކެޓެއް ލާން ފަށައިފި އެވެ. ބޯހިމެނުމުގެ މަސައްކަތް ކުރިޔަށް ގެންދަނީ މިމަހުގެ13-25 ގެ ނިޔަލަށެވެ. އެކަމަކު މާލެ ސަރަހައްދުގެ...

17 Sep 2022 | 09:06

ބޯހިމެނުމުގެ މަސައްކަތުގައި މާލެ ސަރަހައްދުގައި ހަރަކާތްތެރިވާ އޮފިޝަލުން ޖެކެޓެއް ލާން ފަށައިފި އެވެ.

ބޯހިމެނުމުގެ މަސައްކަތް ކުރިޔަށް ގެންދަނީ މިމަހުގެ13-25 ގެ ނިޔަލަށެވެ. އެކަމަކު މާލެ ސަރަހައްދުގެ ހުރިހާ ތަންތަނުން މައުލޫމާތު އެއްކުރުމުގައި ލަސްވާތީ ބޯހިމެނުމުގެ މުއްދަތު ވަނީ މިމަހުގެ27 ގެ ނިޔަލަށް އިތުރުކޮށްފަ އެވެ.

މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކުން ބުނީ އޮފިޝަލުން ޖެކެޓު ލައިގެން މަސައްކަތް ކުރަން ފަށާފައިވަނީ މިއަދު ކަމަށެވެ. އަދި މިވަގުތު ޖެކެޓު ލައިގެން ތިބި އޮފިޝަލުން ބޯހިމެނުމުގެ މަސައްކަތް ކުރާނީ ހަމައެކަނި މާލެ ސަރަހައްދުގައި ކަމަށެވެ.

އެ އިދާރާއިން ބުނީ އަތޮޅު ތެރޭގައި ހަރަކާތްތެރިވާ އޮފިޝަލުންނަށް ބޭނުންވާ ޖެކެޓުތައް ފޮނުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި ވަރަށް އަވަހަށް ތަކެތި ފޮނުވޭނެ ކަމަށެވެ. އަތޮޅު ތެރެއަށް ޖެކެޓު ފޮނުވުން ލަސްވީ އެތަކެތި ލިބުން ލަސްވެގެން ކަމަށެވެ.

ސްޓެޓިސްޓިކް ބިއުރޯއަށް ޖެކެޓު ހޯދައިދިނީ އެސްޓީއޯއިންނެވެ.

ބޯހިމެނުން ކުރިޔަށް މިގެންދަނީ އަށް އަހަރުގެ މެދު ކެނޑުމަކަށް ފަހު އެވެ. ބޯހިމެނުމުގެ ބޭނުމަކީ ރާއްޖޭގެ އާބާދީ އަށް އައިސްފައިވާ ބަދަލުތަކާއި އިޖުތިމާއީ އަދި އިގުތިސާދީ ހާލަތު ދެނެގަތުމެވެ.

ބޯހިމެނުމަށް ތެދު މައުލޫމާތު ދިނުމަކީ ތަފާސްހިސާބުގެ ގާނޫނުގައި އެންމެނަށް ލާޒިމްކުރާ ކަމެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް