ޖީއެސްޓީ ބޮޑުކުރުމަށް ވުރެ ދައުލަތުން ކުރާ އިސްރާފު ހުއްޓާލުން މާ ރަނގަޅު: އަލީ

މިވަގުތު ޖީއެސްޓީ ބޮޑު ކުރުމަށް ވުުރެ ދައުލަތުން އިސްރާފު ކުރުން ހުއްޓާލުން މާ ރަނގަޅު ކަމަށް ކެންދޭ ދާއިރާގެ މެމްބަރު އަލީ ހުސައިން ވިދާޅުވެއްޖެ އެވެ. މެމްބަރު އަލީ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިވ...

17 Sep 2022 | 08:47

މިވަގުތު ޖީއެސްޓީ ބޮޑު ކުރުމަށް ވުުރެ ދައުލަތުން އިސްރާފު ކުރުން ހުއްޓާލުން މާ ރަނގަޅު ކަމަށް ކެންދޭ ދާއިރާގެ މެމްބަރު އަލީ ހުސައިން ވިދާޅުވެއްޖެ އެވެ.

މެމްބަރު އަލީ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިވަގުތު ސަރުކާރުން ކުރަން ޖެހޭ ކަމަކީ ޖީއެސްޓީ ބޮޑު ކުރުން ނޫން ކަމަށެވެ. އޭގެ ބަދަލުގައި ބޭކާރު ހަރަދުތައް ކުޑަކޮށް އިސްރާފު ކުރުން ހުއްޓާލަން ޖެހޭ ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ސަބްސިޑީ އާއި ދައުލަތުން ދޭ އިނާޔަތްތައް ހަމަކޮންމެހެން ހައްގުވާ މީހުންނަށް އެކަނި ދޭން ފަށަން ޖެހޭ ކަމަށް ވިދާޅުވި އެވެ.

https://twitter.com/AleeVoice/status/1571031081100668929

ދުނިޔޭގެ އިގްތިސޯދަށް އަންނަ މުންދާ ބަދަލާއި ގުޅިގެން އަޅާ ފިޔަވަޅެއްގެ ދަށުން ސަރުކާރުން ވަނީ މިހާރު ނަގަމުންދާ ހަ ޕަސެންޓުގެ ޖީއެސްޓީ ބޮޑު ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފަ އެވެ.

އެ އިސްލާހު ފާސްވެއްޖެ ނަމަ ޖީއެސްޓީގެ ގޮތުުގައި ނުވަ ޕަސެންޓު ނަގަން ފަށާނެ އެވެ. އޭރުން މިހާރު އުފުލެމުން އަންނަ ތަކެތީގެ އަގު އަނެއްކާވެސް އިތުރަށް އުފުލޭނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް