ގަޒަކިސްތާނަށް ދަތުރު ކުރާ ދިވެހިންނަށް30 ދުވަހުގެ އޮން އެރައިވަލް ވިސާ ދޭން ފަށައިފި އެވެ.
ފޮރިން މިނިސްޓްރީން ބުނީ އެ ގައުމުން މިގޮތަށް ނިންމީ މިދިޔަ މަހުގެ ދެ ވަނަ ދުވަހު ދެގައުމުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމުގެ ދަށުން ކަމަށެވެ. އޮން އެރައިވަލް ވިސާ ދޭން ފެށީ މިދިޔަ ބުދަ ދުވަހު އެވެ.
ފޮރިން މިނިސްޓްރީން ބުނީ ވިސާއަށް ލުއި ދިނުމަކީ ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވަމުން އަންނަކަން ހާމަކޮށްދޭ ކަމެއް ކަމަށެވެ.
އެ އެއްބަސްވުމުގެ ދަށުން، 30 ދުވަހަށް އޮން އެރައިވަލް ވިސާ ލިބުނަސް އެއަށް ވުރެ ދިގު މުއްދަތަކަށް މަޑުކުރާ ނަމަ ނުވަތަ ތައުލީމީ ނުވަތަ މެޑިކަލް ނުވަތަ ވިޔަފާރި ބޭނުމެއްގައި ދަތުރުކުރާ ނަމަ، ފުރުމުގެ ކުރިން ދުރާލާ ވިސާ ހޯދަން ޖެހެ އެވެ.
ފޮރިން މިނިސްޓްރީން ދަނީ ގައުމުތަކާއި އެކު އެއްބަސްވުން ހަދައި އޮން އެރައިވަލް ވިސާ ދިވެހިންނަށް ދޫކުރާ ގައުމުތައް އިތުރު ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް