ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ކިބައިގާ މުނާފިގެއްގެ ހުރިހާ ސިފައެއް ހަމަވާކަމުގައި ރައީސް ޔާމީންގެ ދައުރުގެ ފުރަތަމަ ނައިބުރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެއެވެ.
ޖަމީލް މިހެން ވިދާޅުވީ މިއަދު ހެނދުނު ކުރެއްވި ޓްވީޓެއްގައެވެ.
އެ ޓްވީޓްގައި ޖަމީލް ވިދާޅުވެފައިވަނީ ރައީސް ސޯލިހް ގެންގުޅުއްވަނީ ސިލެކްޓިވް ޖަސްޓިސް ކަމުގައެވެ.
އެގޮތުން އެއަށް ބާރުދެއްވަމުން ވިދާޅުވެފައިވަނީ ހޯރަ އިއްބެއަށް ފުރަތަމަ ދެއްވީ ޕެރޯލް ކަމަށާއި ނާޒިމް ސައްތާރަށް ދެއްވީ ލުއި ދައުވާ/އަދަބު ކަމަށާއި އަދި ރޯޔަލުން ކުރާ ކުށް ނުބެލުން ކަމަށެވެ.
އެމްޑީޕީ ވެރިންގެ އެމްއެމްޕީއާރުސީގެ ތުހުމަތު ނުބެލުމާއި މަހްލޫފަށް ވަކި ގާނޫނެއް ކަމަށެވެ. މިކަންކަމަށް ރިއާޔަތްކޮށް ޖަމީލް ވިދާޅުވެލެވެއްވީ މުނާފިގެއްގެ ހުރިހާ ސިފައެއް ހަމަވާކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް