ކޮންސްޓްރަކްޝަން މަސައްކަތްކުރަމުންދިޔަ އިމާރާތަކުން ވެއްޓުނު ދަނގަޑެއް ބިދޭސީއެއްގެ މޫނަށް ހެރިގެން ފަރުވާދޭން ފަށައިފިއެވެ.
މިކަމާއި ގުޅޭގޮތުން ފުލުހުން ބުނެފައިވަނީ ހެންވޭރުގައި ހަދަމުންދިޔަ އިމާރާތެއްގެ މައްޗަށް ދަގަނޑުތަކެއް އަރުވަނިކޮށް ދަގަނޑެއް ވެއްޓި މީހެއްގެ މޫނަށް ހެރި ޒަހަމްވެފައިވާކަމުގެ މައުލޫމާތު މިއަދު 11:28 ހާއިރު ލިބުނު ކަމަށެވެ.
"އަނިޔާވެފައިވަނީ ބިދޭސީ ފިރިހެނަކަށް، އެމީހާއަށް އޭޑީކޭގައި ދަނީ ފަރުވާދެމުން" ފުލުހުން ބުނެފައިވެއެވެ.
ބައެއް މީޑިއާތަކުގައި ރިޕޯޓްކޮށްފައިވާގޮތުގައި ދަގަނޑުތަކެއް މައްޗަށް އަރުވަން އުޅުމުގެ ތެރޭގައި އޭގެން ދަނގަޑެއް ވެއްޓުނީ ގާތްގަނޑަކަށް ހަތްވަނަ ބުރިއާއި ހަމައިންނެވެ. ވެއްޓި ނޭފަތާއި ދިމާލުން ދަގަނޑު ހެރިފައިވާއިރު ބިދޭސީ އެމީހާގެ އެތެރެހައްޓާއި ހަމައަށް ދަގަނޑު ހެރުނުކަމަށް ރިޕޯޓްކޮށްފައިވެއެވެ.
ބިދޭސީ އެމީހާއަށް އޭޑީކޭގައި ފަރުވާދެމުންއަންނައިރު މިކަމުގައި އޭޑީކޭގެ ބަހެއް އަދި ލިބިފައެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް