ވެށި ސާފުކުރުމަކީ ކޮންމެދުވަހަކުވެސް ކުރަންޖެހޭ ކަމެއް: ނައިބު ރައީސް

ވެށި ސާފުކުރުމަކީ ކޮންމެދުވަހަކުވެސް ކުރަންޖެހޭ ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ...

17 Sep 2022 | 07:23

ވެށި ސާފުކުރުމަކީ ކޮންމެދުވަހަކުވެސް ކުރަންޖެހޭ ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ "ދުނިޔެ މަގޭ" ހަރަކާތް ފެށުމަށް ކުރިއަށްގެންދިޔަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ނައިބު ރައީސް ވިދާޅުވީ ރާއްޖޭގައި އަބަދު ވެސް ކޮންމެވެސް ސިފައެއްގައި ވެށި ސާފުކުރުމުގެ ޕްރޮގްރާމްތައް ކުރިއަށްގެންދާ ކަމަށެވެ. މަގުމަތިން ނަގާ ކުންޏަކީ ކޮންމެވެސް ބަޔަކު އުކާލާ ކުނިކަން ފާހަގަކުރައްވާ އެމަނިކުފާނު ވިދާޅުވީ ވެށި ސާފުކުރުމަށް ފަރުދީ ޒިންމާއެއް އޮތްކަން ގަބޫލުކޮށް އެޒިންމާ އަދާކުރުމަށް ވަނީ ގޮވާލައްވާފައެވެ.

އެޗްޑީސީން ފެށި "ދުނިޔެ މަގޭ" ޕްރޮގްރާމަށް ނައިބް ރައީސް ތައުރީފްކުރައްވާ، ވެށި ސާފުކުރުމުގައި ވެމްކޯ މުވައްޒަފުންނާއި އެހެނިހެން ފަރާތްތަކުން ކުރާ ބުރަ މަސައްކަތް ނައިބް ރައީސް ވަނީ ފާހަގަކުރެއްވިއެވެ.

"ވޯލްޑް ކްލީންއަޕް ޑޭ" އަކީ 2018 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ކުރިއަށްގެންދާ ހަރަކާތެކެވެ. މިހަރަކާތް ކެމްޕެއިނެއްގެ ގޮތުގައި 190 ގައުމުގައި ކުރިއަށް ގެންދެއެވެ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް