އިންޑިއާގެ ހަތަރު ދާއިރާއެއްގެ އުފެއްދުންތައް ރަޝިއާއަށް އެކްސްޕޯޓު ކުރުން އިތުރު ކުރަނީ

އިންޑިއާއިން އުފައްދާ ހަތަރު ބާވަތެއްގެ ސާމާނު ރަޝިއާއަށް އެތެރެކުރާ މިންވަރު އިތުރު ކުރުމަށް މަޝްވަރާ ކޮށްފި އެވެ. އިންޑިއާގައި ހުންނަވާ ރަޝިއާގެ ސަފީރު ޑެނިސް އެލިޕޯވް ވިދާޅުވީ ރަޝިއާއަށް އެކްސްޕޯޓު...

17 Sep 2022 | 06:54

އިންޑިއާއިން އުފައްދާ ހަތަރު ބާވަތެއްގެ ސާމާނު ރަޝިއާއަށް އެތެރެކުރާ މިންވަރު އިތުރު ކުރުމަށް މަޝްވަރާ ކޮށްފި އެވެ.

އިންޑިއާގައި ހުންނަވާ ރަޝިއާގެ ސަފީރު ޑެނިސް އެލިޕޯވް ވިދާޅުވީ ރަޝިއާއަށް އެކްސްޕޯޓު ކުރާ މިންވަރު އިތުރު ކުރަން ނިންމާފައިވަނީ ދަނޑުވެރިކަމާއި ގުޅުންހުރި އިންޑިއާގެ އުފެއްދުންތަކާއ ބޭހާއި، އިލެކްޓްރޯނިކް ސާމާނު އަދި އޮޓޯ ސާމާނު ކަމަށެވެ.

އޭނާ ވިދާޅުވީ ރަޝިއާގެ ވިޔަފާރީގެ މައިދާނަށް ބަލާއިރު އިންޑިއާ ވިޔަފާރިވެރިން އެގައުމުގައި ވިޔަފާރި ކުރާ މިންވަރު އިތުރުވަމުންދާ ކަމަށެވެ. އަދި މިހާރުވެސް ބޮޑެތި އިންޑިއާ ވިޔަފަާރިތަކުން ރަޝިއާގައި ވިޔަފާރި ކުރުމުގެ ޝައުގުރިކަން ފާޅު ކުރަމުންދާައިރު އިންޑިއާގައިވެސް ރަޝިއާ ބޮޑެތި ވިޔަފާރިތައް ހަރަކާތްތެރިވަމުންދާ ކަމަށެވެ.

ދެ ފަރާތުގެ ގުޅުން އިތުރަށް ބަދަހި ކުރަން ބޭނުންވާ ދާއިރާތަކުގެ ތެރޭގައި ސިވިލް އޭވިއޭޝަން، ބޯޓު ބިލްޑިން އަދި މައިނިންގެ ދާއިރާ ހިމެނެ އެވެ. އެ ކަންކަމަށްވެސް ދެ ގައުމުގެ ސަރުކާރަށް އެއްބަސްވުމަކަށް އާދެވުނު ކަމަށް ޑެނިސް ވިދާޅުވި އެވެ.

ތަފާސް ހިސާބު ދައްކާގޮތުން މިއަހަރުގެ ފުރަތަމަ ހަ މަހު 11 ބިލިއަން އެމެރިކާ ޑޮލަރުގެ ވިޔަފާރި ދެ ގައުމުގެ ދެމެދުގައި ކޮށްފައިވެ އެވެ. މިދިޔަ އަހަރުގެ 12 މަސް ދުވަހު އެ އަދަދު އުޅުނީ 13.6 ބިލިއަން ޑޮލަރުގައި އެވެ.

އިންޑިއާ އާއި ރަޝިއާގެ އަމާޒަކީ 2025 ވަނަ އަހަރު އަންނަން ވާއިރަށް ދެ ގައުމުގެ ދެމެދުގައި ކުރެވޭ ވިޔަފާރީގެ މުއާމަލާތްތަކުގެ އަދަދު 30 ބިލިއަން ޑޮލަރަށް އެރުވުމެވެ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް