އިންޓަރނޭޝަނަލް އެސޯސިއޭޝަން އޮފް ޕާމަނަންޓް ރެޕްރެޒެންޓޭޓިވްސް ގެ ޝަރަފުވެރި މެމްބަރުކަން ރާއްޖޭގެ ފޮރިން މިނިސްޓަރ ޝާހިދަށް ލިބިވަޑައިގެންފި

އިންޓަރނޭޝަނަލް އެސޯސިއޭޝަން އޮފް ޕާމަނަންޓް ރެޕްރެޒެންޓޭޓިވްސް (އައިއޭޕީއާރް) ގެ ޝަރަފުވެރި މެމްބަރުކަން ރާއްޖޭގެ ފޮރިން މިނިސްޓަރ ޝާހިދަށް ލިބިވަޑައިގެންފިއެވެ. ޕާމަނަންޓް ރެޕްރެޒެންޓޭޓިވްއެއްގެ ގޮތ...

17 Sep 2022 | 06:42

އިންޓަރނޭޝަނަލް އެސޯސިއޭޝަން އޮފް ޕާމަނަންޓް ރެޕްރެޒެންޓޭޓިވްސް (އައިއޭޕީއާރް) ގެ ޝަރަފުވެރި މެމްބަރުކަން ރާއްޖޭގެ ފޮރިން މިނިސްޓަރ ޝާހިދަށް ލިބިވަޑައިގެންފިއެވެ.

ޕާމަނަންޓް ރެޕްރެޒެންޓޭޓިވްއެއްގެ ގޮތުގައި ޔުނައިޓެޑް ނޭޝަންސް (ޔޫއެން) ގައި މަސައްކަތްކުރެއްވި ބޭފުޅުންނަށް އައިއޭޕީއާރްގެ މެމްބަރުކަމަށް ކުރިމަތިލެވޭގޮތަށް އޮންނައިރު، މިނިސްޓަރ ޝާހިދު ވަނީ އދ ގެ އާންމު މަޖިލީހުގެ ނިމިގެން ދިޔަ 67 ވަނަ ސެޝަންގެ ރައީސްގެ މަގާމު ފުރުއްވާފައެވެ.

އައިއޭޕީއާރްގެ މެމްބަރުންނަށް މެމްބަރޝިޕް ކާޑެއް ހަވާލުކުރާއިރު، މި ކާޑަކީ އަހަރަކު އެއް ފަހަރު އާކުރަންޖެހޭ ކާޑެކެވެ.

އައިއޭޕީއާރްގެ އެގްޒެކްޓިވް ބޯޑު މެމްބަރުންގެ ގޮތުގައި ތިއްބަވާނީ އެއިރެއްގައި ޔޫއެންގެ މަސައްކަތްތަކަށް ނިއު ޔޯކްގައި ތިއްބަވާ ބޭފުޅުންގެ ތެރެއިން ހޮވާލެވޭ 13 މެމްބަރުންނެވެ.

https://twitter.com/abdulla_shahid/status/1570869122824810498?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1570869122824810498%7Ctwgr%5Ef4dc236c594e1b1ea52781876919c54c36d86b4d%7Ctwcon%5Es1_&ref_url=https%3A%2F%2Fjazeera.mv%2F138468%2F

މިއީ ޔޫއެންގެ ކުރީގެ މެމްބަރުންނާއި މިހާރުގެ މެމްބަރުންނާއި ދެމެދު އޮންނަ ގުޅުން ބަދަހިކޮށް، ކުރީގެ މެމްބަރުންގެ ބައިވެރިވުން ޔޫއެންގެ ހަރަކާތްތަކުގައި އިތުރުކުރުމާއި ދުނިޔޭގެ އެކި ހިސާބުތަކުގައި ޔޫއެން އިން ހިންގާ ހަރަކާތްތައް އިތުރަށް ހަރުދަނާކުރުމަށް އެހީވެދޭ އެސޯސިއޭޝަނެކެވެ.

މިނިސްޓަރ ޝާހިދު ވަނީ އެ އެސޯސިއޭޝަންގެ ޝަރަފްވެރި މެމްބަރުކަން އެމަނިކުފާނަށް ދެއްވީތީ އެކަމަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ފުރަތަމަ ދުވަހުން ފެށިގެން ވެސް އެސޯސިއޭޝަންގެ އެމްބެސެޑަރުން ބެހެއްޓެވި ގާތްކަން ޝާހިދު ވަނީ ފާހަގަކުރައްވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް