ބޭނުންވެގެން އުޅެނީ އާމްދަނީ އިތުރުވާނެ ގޮތެއް - ކިތަންމެ ވަރަކަށް ބަނދަރު ހެދިޔަސް އާމްދަނީ ނުލިބޭނެ: ރައީސް ނަޝީދު

ބޭނުންވެގެން އުޅެނީ އާމްދަނީ އިތުރުވާނެ ގޮތެއް ކަމަށާއި އެކަމަކު ކިތަންމެ ވަރަކަށް ބަނދަރު ހެދިޔަސް އާމްދަނީ ނުލިބޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު...

17 Sep 2022 | 04:12

ބޭނުންވެގެން އުޅެނީ އާމްދަނީ އިތުރުވާނެ ގޮތެއް ކަމަށާއި އެކަމަކު ކިތަންމެ ވަރަކަށް ބަނދަރު ހެދިޔަސް އާމްދަނީ ނުލިބޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ އައްޑޫއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ހިތަދޫގައި ތިބި އެމްޑީޕީގެ މެންބަރުންނާއެކު ބޭއްވި ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުންނެވެ.

އެމަނިކުފާނު ވިދާޅުވީ އެ އާމްދަނީ ހޯދޭނެ މަގުތައް މެނިފެސްޓޯތަކުގައި ލިޔަމުން ގެންދަވާ ކަމަށެވެ.

މީގެ އިތުރުން އައްޑު ސިޓީ އާ ގުޅޭގޮތުން ރައީސް ނަޝީދު ވިދާޅުވީ ރާއްޖެ އަށް އަވަސް ތަރައްގީ ހޯދެން އޮތީ އައްޑޫ އަށް އަމާޒުކޮށްގެން ކަމަށާއި އެހެން ކަމުން މި ސަރުކާރުން ތަރައްގީ އާއި ކުރިއެރުމަށް ކުރާ ކަންކަމުގައި އައްޑޫ އަށް އިސްކަންދޭން ޖެހޭ ކަމަށެވެ.

އައްޑޫއަށް އިސްކަންދީގެން ބޮޑު މަސައްކަތްތަކެއް ކުރެވިއްޖެ ނަމަ، މި ސަރުކާރަށް އަދިވެސް މާ ތާއީދު ބޮޑުވާނެ ކަމަށް ގަބޫލުކުރައްވާ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރާއްޖޭގެ ވެރިން ޒަމާނުއްސުރެން ފަށައިގެން އައްޑޫއާ މެދު ކަންކަން ކޮށްފައި ހުރީ ގޯސްކޮށް ކަން ފާހަގަކުރައްވާ ނަޝީދު ވިދާޅުވީ، އައްޑޫ އަށް އަޅާލުމަކީ މުހިންމު ކަމެއް ކަމަށެވެ. އައްޑޫގައި ކަންކަން ވުމަށް އެދޭ ކަމަށާއި ނަމަވެސް އަދި ހާސްވެ ކަންބޮޑުވާން ނުޖެހޭ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް