ބުރާސްފަތި ދުވަހުގެރޭ ކުރިއަށްގެންދިޔައީ މޮޓޯސްޕޯޓްސް އަށް ލޯބިކުރާނެބަޔަކު ހިންގާނެކަހަލަ ހަރަކާތެއްނޫން: ރޭސިން އެސޯސިއޭޝަން

ބުރާސްފަތި ދުވަހުގެރޭ ހުޅުމާލޭގައި ހިނގާދިޔައީ މިހާރު ރާއްޖޭގައި މޮޓޯސްޕޯޓްސް އަށް ލޯބިކުރާނެ ބަޔަކު ހިންގާނެ ކަހަލަ ހަރަކާތް ތަކެއް ނޫންކަމުގައި ރޭސިން އެސޯސިއޭޝަން އޮފް ދި މޯލްޑިވްސް (ރޭމް) އިން ބުނ...

16 Sep 2022 | 19:51

ބުރާސްފަތި ދުވަހުގެރޭ ހުޅުމާލޭގައި ހިނގާދިޔައީ މިހާރު ރާއްޖޭގައި މޮޓޯސްޕޯޓްސް އަށް ލޯބިކުރާނެ ބަޔަކު ހިންގާނެ ކަހަލަ ހަރަކާތް ތަކެއް ނޫންކަމުގައި ރޭސިން އެސޯސިއޭޝަން އޮފް ދި މޯލްޑިވްސް (ރޭމް) އިން ބުނެފިއެވެ.

ރޭމްއިން މިހެން ބުނެފައިވަނީ ރާއްޖެގައި މޮޓޯސްޕޯޓްސް ސަރުކާރުން ބަލައިނުގަންނަކަމާއި މޮޓޯސްޕޯޓްސް އަށް އެއްބާރުލުން ނުދޭ ކަމަށް ބުނެ މީސް މީޑީއާގައި ދެކެވޭ ވާހަކަތަކާއި ގުޅިގެން ނެރެފައިވާ ނޫސްބަޔާނެއްގައެވެ.

އެ ނޫސްބަޔާނުގައި ބުނެފައިވަނީ މޮޓޯސްޕޯޓްސް އޮތީ ހުރިހާ ސަރުކާރަކުންވެސް ބަލައިގަނެ މި ކުޅިވަރު ކުރިއަރުވަން އެތަކެއް އެހީ ތަކެއް ވެދީފައިކަމުގައި އެ އެސޯސިއޭޝަނުން ގަބޫލުކުރާކަމަށާއި އަދި މޮޓޯސްޕޯޓްސް އަށް ލޯބިކުރާބަޔަކަށް މަގުތަކުގައި އުޅެންވާ ރިވެތި އާދަތަށް އެނގިތިބެ މި ކުޅިވަރަށް އެތަކެއް އެހީތެރިކަމެއް ފޯރުކޮށްދޭ ފުލުހުންނާއި އެގޮތަށް ކުރިމަތި ނުލާނެ ކަމުގައި އެ އެސޯސިއޭޝަނުން ދެކޭކަމަށެވެ.

"މި އެސޯސިއޭޝަނުން ދެކޭގޮތުގައި ދަންވަރު ވަގުތަކީ ކުޅިވަރެއް ކުރިއަރުވަން ރަގަޅު ވަގުތެއް ނޫނެވެ. އެގޮތަށް އެކަން ކުރުމުން އެތަކެއް ޒުވާނުންނެއް މަގުތަކުގެ ގާނޫނާއި ގަވައިދު މަތިން ހަދާން ނެތި މޮޓޯސުޕޯޓްސް ގެ ކޮންޑަކުޓުން ބޭރުވެ ބާރު ސިޕީޑުގައި ދުންވުން އިތުރުވެއެވެ. އަދި ދަންވަރު މިކަން ކުރާތީ އެތަކެއް ބަޔެއްގެ ނިދި ގެއްލި އެތަކެއް އުދަގުލެއް ކުރިމަތި ވެ އެވެ. މި ހަރަކާތްތަށް ހިންގަމުން އަންނަ ސަރަހައްދަކީ އެތަކެއް ބިދޭސީންނެއް ދިރިއުޅޭ ހިސާބަކަށް ވެފައި އެ ބިދޭސީން މަސައްކަތު މާހައުލުން ސަލާމަތްވެ އަރާމު ކޮށްލަން ލިބޭ ހަމަ އެކަނި ރޭވެސް މި އޮންނަނީ އެކަމުން މަހުރޫމް ވެފައެވެ، އެހެން ކަމުން އެފަދަ ބިދޭސީންގެ ހައްގުތަށް މިފަދަ މޮޓޯސްޕޯޓްސް ހަރަކާތަކުން ގެއްލުން އެއީވެސް މި އެސޯސިއޭޝަނުން ކުއްވެރި ކުރާކަމެއް ކަމުގައި ދެންނެވީމެވެ" ރޭމްއިން ބުނެފައިވެއެވެ.

ރޭމްގެ ނޫސްބަޔާނުގައި ބުނެފައިވާގޮތުގައި ރޭމް އަށް ހުޅުމާލެ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (HDC) އިން ހުއްދަ ދީފައި އޮތްތަނުން ޖާގައެއް، ޑުރިފްޓު އެސޯސިއޭޝަން އަށް ފޯރުކޮށްދީފައިވާނެއެވެ. އެގޮތުން ދިވެހި ފުލުހުންނާއި އެޗްޑީސީ އަދި  ޑުރިފްޓް އެސޯސިއޭޝަންގެ އިސް ބޭފުޅުންނާއި އެކު ބައްދަލުވި މީޓިންއެއްގައި، ކޮންމެ ހުކުރު ދުވަހެއްގެ މެންދުރު ފަހު 2:00 އިން 6:00 އަށް އެތަނުގައި ފަރިތަކުރުން ތަށް ކުރިޔަށް ގެންދެވޭނެ ކަމުގައި ދަންނަވާފައިވާނެކަމަށާއި އަދި އެގޮތަށް އެކަން ކުރުމުގައި މައްސަލަ އެއް ނެތްކަމަށް ފުލުހުންނާއި އެޗްޑީސީ އިންވެސް ވަނީ ދަންނަވާފައިކަމުގައި ބުނެފައިވެއެވެ.

"އަދި ދަންވަރު ނުބާއްވާ ދުވާލު ބޭއްވީމާ ލިބޭނެ ފައިދާ ތަކުގެ ވާހަކަވެސް ވާނީ ހިއްސާކޮށްފައެވެ. އެގޮތުން ތިޔަ ކުޅިވަރު މުޖުތަމައު ތެރޭ ބަލައިގަނެ ރަޔިތުންނަށް އުދަގުލެއް ނުވާނެ އަދި ހާއްސަކޮއް ރައްކާތެރި ކަމާއެކު ކުރެވޭނެ ގޮތެއްކަމުގައި އަޅުގަނޑުމެން ދެންނެވީމެވެ. އަޅުގަނޑުމެން މި ފުރުސަތުވެސް ހޯދައި ދިނުމުގެ މަގުސަދަކީ ކުޅިވަރު އިތުރަށް ކުރިއެރުވުމަށް އެހީތެރި ވެދުމުގެ ބޭނުމުގައެވެ. ނަމަވެސް އެ ފުރުސަތުގެ ބޭނުން ނުހިފައި ހުއްދަނެތި ދަންވަރު ހަރަކާތްތަށް ބާއްވަމުން ދިޔުމުން އަޅުގަނޑުމެންނަށް ދޭހަވީ މިއީ ކުޅިވަރެއް ކުރިއަރުވަން މަސައްކަތް ތަކެއް ކުރަން އުޅުމުގެ ބަދަލުގައި ވަކިބަޔެއްގެ އަމިއްލަ އެދުމެއްގައި އެސޯސިއޭޝަންއެއް ހަދައިގެން "އިއްލީގަލް ސްޓްރީޓް ރޭސިން" ހަރަކާތް ބާއްވަން ކުރާ ކަމެއް ގޮތުގައެވެ. އެއީ މިއަދު ރާއްޖޭގައި މިކަން ކުރެވޭނެ ނޫނީ ކުރުން އެންމެ ރަގަޅު ގޮތްކަމުގައި މި އެސޯސިއޭޝުން ނުދެކެމެވެ. " ރޭމްއިން ބުނެފައިވެއެވެ.

ރޭމްއިން އިތުރަށް ބުނެފައިވަނީ ސަރުކާރާއި ގުޅިގެން މިކަމަށް ދާއިމީ ހައްލެއް ހޯދަން މެދުކެނޑުމެއް ނެތި މަސައްކަތް ކުރަމުން އަންނަކަމަށާއި ކަމަކީ ބޮޑު ޖާގައެއް ބޭނުންވާ ކަމަކަށް ވެފައި އެންމެ ފުރިހަމައަށް ތަނެއް އެޅުމުގަޔާއި އަވަސް ކުރުމުގައި އެތަކެއް ދަތިތަކެއް ހުންނާނެކަމުގައިވެސް އެ އެސޯސިއޭޝަނުން ގަބޫލުކުރާކަމަށެވެ. އެހެން ނަމަވެސް ޔޫތު މިނިސްޓަރ މަހްލޫފު އާއި ޕްލޭނިން މިނިސްޓަރ އަސްލަމް ވަނީ މި އަހަރު ތެރޭ ރޭސިން ޓުރެކްގެ އަމަލީ މަސައްކަތް ފެށޭނެ ކަމުގެ ޔަގީންކަން ދެއްވާފައިކަމަށާއި އަދި މިކަމަކީ ރާއްޖޭ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ފުރިހަމަ ސަޕޯޓާއި އެއްބާރުލުމާ އެކު ކުރިޔަށްގެންދާ ކަމެއް ކަމަށާއި މިއީ ވެސް މި ސަރުކާރުން މި ކުޅިވަރު ބާކީ ކޮށްލާފައި ނުވާ ކަމުގެ އަލިގަދަ ހެއްކެއްކަމުގައިވެސް ރޭމްގެ ނޫސްބަޔާނުގައި ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް