ދެކުނުގެ ރަށެއްގައި އަނެއްކާވެސް ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް

ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި އިތުރު މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ. ފުލުހުން ބުނީ މައްސަލަ ހުށަހެޅީ މިމަހުގެ 12 ވަނަ ދުވަހު ކަމަށެވެ. އެ ހާދިސާ ހިނގާފައިވަނީ ގއ. އަދި ގދ. އަތޮޅ...

17 Sep 2021 | 17:53

ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި އިތުރު މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.

ފުލުހުން ބުނީ މައްސަލަ ހުށަހެޅީ މިމަހުގެ 12 ވަނަ ދުވަހު ކަމަށެވެ. އެ ހާދިސާ ހިނގާފައިވަނީ ގއ. އަދި ގދ. އަތޮޅުގެ ރަށެއްގައި އެވެ.

ޖިންސީ އަނިޔާ ލިބިފައިވަނީ އުމުރުން 14 އަހަރުގެ އަންހެން ކުއްޖަކަށެވެ.

ފުލުހުން ބުނީ މި މައްސަލައިގަ މިހާތަނަށް މީހަކު ހައްޔަރުކޮށްފަ ނުވާ ކަމަށެވެ.

މި ހަފްތާ ތެރޭގައި ވަނީ އައްޑޫ ސިޓީގައިވެސް އުމުރުނ ް16 އަހަރުގެ ކުއްޖަކަށް ފުލުހަކު ޖިންސީ ގޯނާކުރި މައްސަލައއް ވަނީ ފެންމަތިވެފަ އެވެ. މި މައްސަލައިގަ ތުހުމަތު ކުރެވުނީ ފުލުހަކަށެވެ. ކޯޓުން ވަނީ ޝަރީއަތް ނިމެންދެން އޭނާ ބަންދު ކުރުމަށް އަމުރު ކޮށްފަ އެވެ.

ޖިންސީ ގޯނާގެ މައްސަލަތަކުގައި ކުދިންނާއިި އެކުދިންގެ ނިސްބަތްވާ ރަށްރަށުގެ މަައުލޫމާތު އާންމެއް ނުކުރާނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް