އެމްޕީއެލްގެ 35 ވަނަ އަހަރީ ދުވަހުގެ ޚާއްސަ ހަފުލާ ބާއްވައިފި

އެމްޕީއެލްގެ 35 ވަނަ އަހަރީ ދުވަހުގެ ޚާއްސަ ހަފުލާ ބާއްވައިފި އެވެ. މިރޭ ބޭއްވި މި ހަފުލާ ޝަރަފްވެރިކޮށްދެއްވީ ދިވެހިރާއްޖޭގެ ނައިބު ރައީސް ފައިސަލް ނަސީމް އެވެ. މި ހަފުލާގައި އެމްޕީއެލް ގައި ގިނަ ދުވ...

17 Sep 2021 | 17:26

އެމްޕީއެލްގެ 35 ވަނަ އަހަރީ ދުވަހުގެ ޚާއްސަ ހަފުލާ ބާއްވައިފި އެވެ.

މިރޭ ބޭއްވި މި ހަފުލާ ޝަރަފްވެރިކޮށްދެއްވީ ދިވެހިރާއްޖޭގެ ނައިބު ރައީސް ފައިސަލް ނަސީމް އެވެ.

މި ހަފުލާގައި އެމްޕީއެލް ގައި ގިނަ ދުވަހު މަސައްކަތްކުރައްވާ، ރިޓެއަރ ކުރައްވާފައިވާ މުވައްޒަފުންނަށް އެކަމުގެ އަގު ވަޒަންކޮށް، ހަނދާނީ ފިލާ ވަނީ ދެއްވާފަ އެވެ. މި ފިލާ އެފަރާތްތަކަށް ހަވާލުކޮށްދެއްވީ ނައިބު ރައީސް ފައިސަލް ނަސީމް އެވެ.

މި ހަފުލާގައި ވާހަކަ ދައްކަވަމުން ނައިބު ރައީސް ކޮވިޑުގެ އެންމެހަލަބޮލި ދުވަސްތަކުގައި ވެސް ރައްޔިތުންގެ ޚިދުމަތުގައި ފަސްޖެހުމެއް ނެތި، ޚިދުމަތްކޮށްފައިވާތީ އެކަމަށްޓަކައި ޝުކުރު އަދާ ކުރެއްވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް