ރާއްޖެއިން މިއަދު ކޮވިޑަށް ޕޮޒިޓިވް ވީ 84 މީހުން

ރާއްޖެއިން މިއަދު ކޮވިޑަށް ޕޮޒިޓިވް ވީ 84 މީހުން ކަމަށް އެޗްޕީއޭ އިން ބުނެފި އެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ޢާއްމުކުރި އެންމެފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން ވޭތުވެދިޔަ 24 ގަޑި...

17 Sep 2021 | 17:14

ރާއްޖެއިން މިއަދު ކޮވިޑަށް ޕޮޒިޓިވް ވީ 84 މީހުން ކަމަށް އެޗްޕީއޭ އިން ބުނެފި އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ޢާއްމުކުރި އެންމެފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން ވޭތުވެދިޔަ 24 ގަޑިއިރު ޕޮޒިޓިވްވެފައިވަނީ މާލެއިން 37 މީހުންނާއި އަތޮޅުތަކުން 37 މީހުން ނެވެ. އަދި ރިސޯޓްތަކުން 9 މީހުންނާއި ސަފާރީ އަކުން އެކަކު ޕޮޒިޓިވްވި ކަމަށް އެ އިދާރާއިން ބުނެ އެވެ.

މިއާއެކު ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދުވަނީ 83،332 އަށް އަރާފަ އެވެ.

ރާއްޖެއިން މި ބަލި ޖެހިފައިވާ މީހުންގެ ތެރެއިން 1،686 މީހުން މިވަގުތު ފަރުވާ ހޯދަމުން އަންނަ އިރު، މީގެތެރެއިން 18 މީހުންނަށް ފަރުވާދެމުން އަންނަނީ އެޑްމިޓްކޮށްގެން ނެވެ.

މިބަލީގައި މިހާތަނަށް 229 މީހުން ރާއްޖޭގައި ވަނީ ނިޔާވެފަވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް