އިނގިރޭސި ވިލާތުގެ ރެޑް ލިސްޓުން ރާއްޖޭގެ ނަން އުނި ކޮށްފި އެވެ.
ޔޫކޭގެ ރެޑް ލިސްޓްގައި ރާއްޖެ ހިމެނުނީ މިދިޔަ މެއި މަހުގެ ކުރީކޮޅު، ރާއްޖޭގައި ކޮވިޑްގެ ހާލަތު ގޯސްވުމުން ނެވެ.
ރާއްޖެއިން އެ ގައުމަށް ދަތުރުކުރާ އެންމެން ވެސް 10 ދުވަހު ކަރަންޓީނު ވާންޖެހޭ ގޮތަށް ކުރިން ވަނީ ހަމަޖައްސާފަ އެވެ.
ނަމަވެސް ޔޫކޭގެ ރެޑްލިސްޓުން ރާއްޖެ އުނި ކުރުމުން ކަރަންޓީނުވެ، އެ ގައުމުން ރާއްޖެއަށް ދަތުރުކުރެވޭނެ އެވެ.
އިނގިރޭސިވިލާތަކީ ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ އެއް ގައުމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް