އެމެރިކާގައި އޯގަސްޓްމަހުގެ ރީޓެއިލް ވިޔަފާރި 0.7 އިންސައްތައަށް އިތުރުވެއްޖެ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.
ރިޕޯޓުތައް ބުނާ ގޮތުން މިއީ ސްކޫލްތައް ހުޅުވުމާއި ސަރުކާރުން ދޭން ފެށި ޗައިލްޑް ޓެކްސްގެ ސަބަބުން ވެފައިވާ އިތުރުވުމެކެވެ.
އެގައުމުގެ ކޮމާރސް ޑިޕާރޓްމަންޓްގެ ހިސާބުތަކާއި ހަވާލާދީ ރިޕޯޓުތައް ބުނާގޮތުން އެމެރިކާގެ ރީޓެއިލް ވިޔަފާރި ކުރިއަރާފައިވަނީ މައިކްރޯޗިޕް ލިބުން ދަތިވެފައިވާ ދަނޑުވަޅެއްގަ އެވެ.
މުޅިދުނިޔޭގައި ޑެލްޓާ ވޭރިއަންޓް ފެތުރެން ފަށާފައިވާ މި ދުވަސްކޮޅު ޗިޕް ލިބުން އިތުރަށް ދަތިވެފައިވާ އިރު، މިކަމުގެ ސަބަބުން ދެކުނު އިރުމަތީ އޭޝިއާގެ ޤައުމުތަކުގައި އިލެކްޓްރޯނިކް ސާމާނު އުފެއްދުންތައް ވެސް މަދުކުރަންޖެހިފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.
މީގެއިތުރުން އުފެއްދުންތަކަށް ޚަރަދުކުރުގެ ބަދަލުގައި ދަތުރުފަތުރުކުރުމާއި މުނިފޫހިފިލުވުންފަދަ ކަންކަމަށް ޚަރަދުކުރުން އިތުރުވެފައިވީނަމަވެސް ރީޓެއިލް ވިޔަފާރި އިތުރަށް ދަށަށްނުގޮސް ވަނީ ހިފަހައްޓާލާފަ އެވެ.
ކޮވިޑްގެ ބަލިމަޑުކަމުގެ ސަބަބުން އޮންލައިން ކްލާސްތަކުގައި ކިޔެވުމަށްފަހު އޯގަސްޓްމަހު ފެށުނު ދިރާސީ އަހަރުގައި ދަރިވަރުން ވަނީ ސްކޫލްތަކަށް ދާން ފަށާފަ އެވެ.
އެގައުމުގެ ސަރުކާރުން ޗައިލްޑް ޓެކްސް ދޭން ފެށި ޖުލައި މަހު އެވެ. އަދި ޓެކްސްގެ ލާރި މިއަހަރުގެ ޑިސެމްބަރާއި ހަމައަށް ލިބޭނެކަމަށް ރިޕޯޓްތައް ދަނީ ބުނަމުން ނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް