އައްޑޫ ހިތަދޫގައި އަނެއްކާވެސް މާރާމާރީއެއް، ހިންގައި ބަޔަކު ޒަހަމްކޮށްލައިފި

އައްޑޫ ސިޓީ ހިތަދޫގައި މިރޭ އަނެއްކާވެސް ތޫނު އެއްޗަކުން ބަޔަކަށް ހަމަލާދީ ޒަހަމްކޮށްލައިފިއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، ހިތަދޫގައި ދުއްވާފައިދިޔަ ދެ ސައިކަލެއްގައި ތި...

17 Sep 2021 | 16:22

އައްޑޫ ސިޓީ ހިތަދޫގައި މިރޭ އަނެއްކާވެސް ތޫނު އެއްޗަކުން ބަޔަކަށް ހަމަލާދީ ޒަހަމްކޮށްލައިފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، ހިތަދޫގައި ދުއްވާފައިދިޔަ ދެ ސައިކަލެއްގައި ތިބި ދެ މީހަކަށް ތޫނު އެއްޗަކުން ހަމަލާދީފައިވާ ކަމުގެ މައުލޫމާތު މިރޭ 20:05 ހާއިރު ލިބިފައިވާ ކަމަށެވެ. އަނިޔާވެފައިވަނީ އުމުރުން 27 އަހަރުގެ ފިރިހެނަކާއި 23 އަހަރުގެ އަންހެނަކަށެވެ.

މި މާރާމާރީއާ ގުޅިގެން ބަލަންޖެހޭ ކަންކަން ދިވެހި ފުލުހުންގެ ޚިދުމަތުން މިހާރު އަންނަނީ ބަލަމުންނެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި މާރާމާރީ ހިނގާފައިވަނީ ހިތަދޫ ބޮޑުމަގުގައި ހުންނަ "ހަތެއް އެގާރަ" ފިހާރަ ހުންނަ ސަރަހައްދުންނެވެ. އަދި ފުލުހުން ވަނީ އެ ސަރަހައްދު ބަންދުކޮށްފައެވެ.

ހިތަދޫގައި މިރޭ މާރާމާރީއެއް ހިންގިއިރު، މިއަދު މެންދުރު ހިތަދޫ ފްލެޓެއްގެ ތެރޭގައި ވެސް ވަނީ މާރާމާރީއެއް ހިންގާފައެވެ. އެ މާރާމާރީގައި އުމުރުން 29 އަހަރުގެ ފިރިހެނަކަށް އަނިޔާވިއެވެ.

މި މައްސަލަތައް ފުލުހުން މިހާރު ގެންދަނީ ތަހުގީގު ކުރަމުންނެވެ. އަދި މި މާރާމާރީތަކާއި ގުޅިގެން މީހަކު ހައްޔަރު ނުކުރެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް