މުލިއާގޭ ކައިރީގައި މާރާމާރީއެއް ހިންގައި މީހަކު ޒަހަމް ކޮށްފައިފި އެވެ.
ފުލުހުން ބުނީ ހާދިސާގެ ރިޕޯޓު ކުރީ މިރޭ 7:59 ގައި ކަމަށެވެ.
މި މާރާމާރީގައި ޒަހަމްވެފައިވަނީ ދިވެހި ފިރިހެނަކަށެވެ. އެމީހާއަށް އަައިޖީއެމްއެޗުގައި ދަނީ ފަރުވާ ދެމުންނެވެ.
އޭނާއަށް ލިބުނު ޒަހަމް ތަކުގެ ތަފްސީލް އަދި ނޭނގެ އެވެ. ފުލުހުން ބުނީ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.
މިއަދު އައްޑޫ ސިޓީ ހިތަދޫގައިވެސް ވަނީ ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމް ކޮށްލާފަ އެވެ. އެމީހާއަށް އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި ފަރުވާދެމުންދާއިރު ހާލު ސީރިއަސް ކަމަށްވެ އެވެ.
މި ދެ މައްސަލައިގަވެސް އަދި މީހަކު ހައްޔަރެއް ނުކުރެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް