ހުޅުމާލޭ ފިޔަވަތީގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.
އެމްއެންޑީއެފް އިން ބުނީ މި ހާދިސާގެ މައުލޫމާތު ލިބުނީ މިއަދު އިރުއޮއްސި 6:55 ހާއިރު ކަމަށެވެ. އަދި ރިޕޯޓު ލިބުމާއެކު އެ ސރަހައްދަށް ދިޔަ އިރު، އަލިފާން ނިވިފައިވާ ކަމަށް ވެސް ބުންޏެވެ.
މި ހާދިސާ މިއަދު ހިނގާފައިވާ އިރު، ފިޔަވަތީގެ ފުރާޅަށް ގިނަ އަދަދެއްގެ ކުދިން އަރައި، ފިޔަވަތިން ބޭރަށް ނުކުތުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވަނީ މައުލޫމާތު ލިބިފަ އެވެ.
ހުޅުމާލޭ ގައި ހުންނަ ފިޔަވަތި މަރުކަޒަކީ 13 އަހަރުން ދަށުގެ ކުދިން ބަލަހައްޓަމުން ގެންދާ ތަނެކެވެ. މިތަން ހުންނަނީ ޖެންޑަރ މިނިސްޓްރީގެ ދަށުގަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް