ކޮވިޑު ބަލީގައި ރާއްޖެއިން 228 ވަނަ މީހާ ނިޔާވެއްޖެ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މިއަދު ނިޔާވެފައިވަނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ކޮވިޑަށް ފަރުވާދެމުންދިޔަ މީހެކެވެ. އެއީ އުމުރުން 87 އަހަރުގެ ފިރިހެނެކެވެ.
އޭނާއަކީ ހދ. ނޮޅިވަރަމުން އިތުރު ފަރުވާއަށް ގެނައި މީހެއް ކަމަށް ވެސް ވަނީ މައުލޫމާތު ލިބިފަ އެވެ.
ރާއްޖެއިން ކޮވިޑު ޖެހިގެން ގދ. ތިނަދޫގައި ހުންނަ ކޮވިޑް ފެސިލިޓީގައި ފަރުވާދެމުންދިޔަ 89 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ ނިޔާވެފަ އެވެ. މިއީ ތިނަދޫން ކޮވިޑް ބަލީގައި މަރުވި ހަތަރު ވަނަ މީހާ އެވެ.
ރާއްޖެއިން ކޮވިޑު ޖެހިގެން މިހާތަނަށް ނިޔާވެފައިވަނީ 212 ދިވެހީންނާއި 17 ބިދޭސީން ނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް