ހިޔާ ޔޫނިއަން އާއި އިނޯކާ ގުޅިގެން ހިޔާ ފްލެޓްތަކުގެ ވެރީންނަށް އެހީތެރިކަން ފޯރުކޮށްދޭން ފަށައިފި

ހިޔާ ޔޫނިއަން އާއި އިނޯކާ ގުޅިގެން ހިޔާ ފްލެޓްތަކުގެ ވެރީންނަށް އެހީތެރިކަން ފޯރުކޮށްދޭން ފަށައިފި އެވެ. ހިޔާ ޔޫނިއަން އިން ބުނީ މިއީ ތަކެތި ހުރެ، އެހެންނަމަވެސް މަސައްކަތް ނުކުރެވިފައިވާ ހިޔާ ފްލެޓްތ...

17 Sep 2021 | 10:17

ހިޔާ ޔޫނިއަން އާއި އިނޯކާ ގުޅިގެން ހިޔާ ފްލެޓްތަކުގެ ވެރީންނަށް އެހީތެރިކަން ފޯރުކޮށްދޭން ފަށައިފި އެވެ.

ހިޔާ ޔޫނިއަން އިން ބުނީ މިއީ ތަކެތި ހުރެ، އެހެންނަމަވެސް މަސައްކަތް ނުކުރެވިފައިވާ ހިޔާ ފްލެޓްތަކުގެ ވެރީންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ކުރަމުން ދާ މަސައްކަތްތަކެއް ކަމަށެވެ.

އެގޮތުން މުށިޖެހުން، ކަރަންޓް ވައިރު ކުރުން، ފާޚާނާ ސީލިންގ ކުރުމާއި ދޮރުހަރުކުރުން އަދި ކުލަ ލައިދިނުނުގެ މަސައްކަތް ކުރަމުން އަންނަކަމަށް އެ ޔޫނިއަން އިން ބުނެ އެވެ.

ހިޔާ ޔޫނިއަން އިން ބުނީ ޖުމްލަ 10 އެޕާޓްމަންޓެއްގެ މަސައްކަތް މިއަދު ހެދުނު ފެށިގެން ކުރިއަށް ގެންދާ ކަމަށެވެ.

އިނޯކާގެ ސީ.އެސް.އާރު ގެ ދަށުން ކުރިއަށް ގެންދާ މި ހަރަކާތް ކޮންމެ ހަފްތާބަންދެއްގައި ވެސް ކުރިއަށް ގެންދިއުމަށް ރޭވިފައިވާއިރު، މި ހަރަކާތުގެ ސަބަބުން ފްލެޓް ލިބުނު ތަނަވަސްކަން ނެތް އެތައް ޢާއިލާތަކަކަށް ޔޫނިއަންގެ ފަރާތުން އެހީތެރިކަން ލިބިގެންދާނެ ކަމަށް ހިޔާ ޔޫނިއަން އިން ބުނެ އެވެ.

ހިޔާ ޔޫނިއަން އިން ވަނީ އިނޯކާގެ މެނޭޖުމެންޓުގެ ފަރާތުން މިފަދަ އެހީތެރިކަމެއް ފޯރުކޮށްދެމުންދާތީ، ހިފެހެއްޓުމެއް ނެތް ޝުކުރެއް ހިޔާ ފްލެޓު ލިބުނު ފަރާތްތަކުގެ ނަމުގައާއި އެ ޔޫނިއަންގެ ނަމުގައި އިނޯކާއަށް އަދާ ކޮށްފަ އެވެ.

މިހަފްތާގައި މަސައްކަތް ކުރިއަށް ގެންދާ 10 އެޕާޓްމަންޓުގެ މަސައްކަތް މާދަމާއަށް އެއްކޮށް ނިންމާލެވޭނެ ކަމަށް ލަފާކުރެވޭ ކަމަށް ހިޔާ ޔޫނިއަން އިން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް