އައްޑޫ ސިޓީގައި މިއަދު ހިނގާ ދިޔަ މާރާމާރީގައި ވަޅިން ހަމަލާދީ ޒަހަމް ކޮށްލި ޒުވާނާ އޮތީ ނުރައްކާ ހާލެއްގައި ކަމަށް މަޢުލޫމާތު ލިބިއްޖެ އެވެ.
މިއަދު މެންދުރު 12 ޖަހާކަންހާއިރު، އައްޑޫ - ހިތަދޫ ފްލެޓް ސަރަހައްދުގައި ހިނގި މި މާރާމާރީގައި އަނިޔާވެފައިވަނީ 29 އަހަރުގެ ޒުވާނަކަށް ކަމަށް ފުލުހުން ހާމަކުރެ އެވެ.
ޒުވާނާގެ ގަޔަށް ވަޅި ޖެހީ އޭނާ ދިރިއުޅޭ ފްލެޓަށް ވަންނަން ދިޔަ ވަގުތު މަގުމަތިން ނެވެ. ޒުވާނާގެ އިތުރުން އެހެން މީހަކަށް ވެސް އެކި ވަރުގެ ޒަހަމްތައް ވެފައިވާ ކަމަށް މަޢުލޫމާތު ލިބެ އެވެ.
ޒުވާނާއަށް އަންނަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ. އޭނާގެ ހާލު ސީރިއަސް އެވެ.
މި މާރާމާރީ އާއި ގުޅިގެން ފުލުހުންގެ ޚިދުމަތުގެ އޮފިޝަލަކު ވިދާޅުވީ، މާރާމާރީގެ މައުލޫމާތު ލިބިފައިވަނީ މެންދުރު 12:08 އެހާކަންހާއިރު ކަމަށާއި އަނިޔާ ލިބުނު ޒުވާނާއަށް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށެވެ.
މި މައްސަލައާއި ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކޮށްފައި ނުވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް