ބޮޑުފޮޅުދޫގައި ޖޮބް ސެންޓަރުގެ ޑެސްކެއް ގާއިމުކޮށް ފަހުމުނާމައިގާ ސޮއި ކޮށްފި

އއ. ބޮޑުފޮޅުދޫގައި އިކޮނޮމިކް މިނިސްޓްރީގެ ޖޮބް ސެންޓަރުގެ ޑެސްކެއް ގާއިމުކޮށް ފަހުމުނާމައިގާ ސޮއި ކޮށްފި އެވެ. އެރަށު ކައުންސިލާއި އިކޮނޮމިކް މިނިސްޓްރީއާއި ދެމެދު ޤާއިމްކުރި މމި އެއްބަސްވުމުގެ ދަށުނ...

17 Sep 2021 | 09:46

އއ. ބޮޑުފޮޅުދޫގައި އިކޮނޮމިކް މިނިސްޓްރީގެ ޖޮބް ސެންޓަރުގެ ޑެސްކެއް ގާއިމުކޮށް ފަހުމުނާމައިގާ ސޮއި ކޮށްފި އެވެ.

އެރަށު ކައުންސިލާއި އިކޮނޮމިކް މިނިސްޓްރީއާއި ދެމެދު ޤާއިމްކުރި މމި އެއްބަސްވުމުގެ ދަށުން ބިޒްނަސް ޕޯޓަލްގެ ޚިދުމަތްދިނުމާއި އެކްސްޕެޓް ސިސްޓަމް ފޯރުކޮށްދިނުމަށް ވެސް ވަނީ އެއްބަސްވެފަ އެވެ.

އިކޮނޮމިކް މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި މި އެއްބަސްވުމގެ ދަށުން އެކްސްޕެޓް ސިސްޓަމްގެ އެކްސެސް ކައުންސިލަށް ލިބި ކައުންސިލްގެ މުވައްޒަފުނަށް ތަމްރީން ދިނުމަށް ވަނީ ނިންމާފަ އެވެ. އަދި ބިޒްނަސް ޕޯޓަލްގެ ސަބަބުން އެރަށުގެ ވިޔަފާރިތަކަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެކަމަށް އެ މިނިސްޓްރީން ހާމަކުރެ އެވެ.

އެ މިނިސްޓްރީން ބުނީ ބޮޑުފޮޅުދޫގައި ހުޅުވި ޖޮން ސެންޓަރ ޑެސްކުގެ ސަބަބުން އެ ސަރަހައްދުގައި ތިބި ވަޒީފާ ބޭނުންވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދެވި، ވަޒީފާދޭ މީހުންނަށް ވެސް ވަރަށް ބޮޑު އެހީތެރިކަމެއް ލިބޭނެ ކަމަށެވެ.

ސަރުކާރުން ޤާއިމް ކޮށްފައިވާ ޖޮބް ސެންޓަރު މެދުވެރިކޮށް ވަޒީފާއަށް އެދި ރަޖިސްޓްރީކޮށް، ވަޒީފާ ބޭނުންވެފައިވާ އެކަށީގެންވާ މީހަކު ހުރެއްޖެނަމަ އެ މީހަކަށް ވަޒީފާ ނުދީ ބޭރު މީހަކު ގެނައުމުގެ ފުރުޞަތު ސަރުކާރުން ނުދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ދާދިފަހުން ވަނީ ވިދާޅުވެފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް